13 މާޗް 2017
ރިޔާޒް (މާޗް 13) - ސައުދީ އަރަބިއާގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.
ރިޔާޒް (މާޗް 13) - ސައުދީ އަރަބިއާގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.
ސައުދީ އަރަބިއާގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމް ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދަކީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެމަނިކުފާނާ ބައްދަލު ކުރައްވާ ސައުދީ އަރަބިއާގެ އެންމެ އިސް އޮފިޝަލެވެ.
ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ ޕްރިންސް މުހައްމަދުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ސައުދީ އާއި އެމެރިކާގެ މެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮތް ނަމަވެސް ރައީސް ބަރަކް އޮބާމާގެ އަށް އަހަރުގެ ވެރިކަމުގައި އެ ގުޅުމަށް ވަނީ ހީނަރުކަން ކުރިމަތިވެފަ އެވެ. ސައުދީން ތުހުމަތުކޮށްފައިވާ ގޮތުގައި ސީރިއާގެ މަދަނީ ހަނގުރާމައިގައި ބައިވެރިވުމަށް އޮބާމާގެ ސަރުކާރުން ދެކޮޅު ހަދަމުން ދިއުމުގެ އިތުރުން އެމެރިކާ އިން ވަނީ ސައުދީގެ ވާދަވެރިޔާ އީރާނާ ގާތް ގުޅުމެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ވެރިކަމުގައި ސައުދީއާ ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޕްރިންސް މުހައްމަދު އެމެރިކާ އަށް މިވަޑައިގަންނަވަނީ ބައްޕާފުޅު އަދި ރަސްގެފާން ސަލްމާން އޭޝިއާގެ ދަތުރުފުޅެއްގައި އުޅުއްވަނިކޮށެވެ. ރަސްގެފާނުގެ ދަތުރުފުޅުގައި ޝާހީ އާއިލާގެ ގިނަ ބަޔަކު ބައިވެރިވެ އެވެ. ޑިޕްލޮމެޓުން ބުނާ ގޮތުގައި ޕްރިންސް މުހައްމަދު، 31، އާއި ވަލީ އަހުދު އަދި ދާޚިލީ ވަޒީރު މުހައްމަދު ބިން ނާއިފް، 56، އާ ދެމެދު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ.
ޕްރިންސް މުހައްމަދާއި ޓްރަމްޕް ބައްދަލު ކުރައްވައިފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
ޓޭންކަރު މައްސަލައިގައި ސައުދީގެ އިންޒާރު އީރާނަށް
ކޮންގްރެސްގެ ހުއްދަ ނެތި ސައުދީއަށް ހަތިޔާރު ވިއްކަނީ
ނޫސްވެރިޔާ އަކީ ނުރައްކާ މީހެއް ކަމަށް ސައުދީން ބުނި