Roadha Mihaaru
ނޫސްވެރިޔާ އަކީ ނުރައްކާ މީހެއް ކަމަށް ސައުދީން ބުނި

ނޫސްވެރިޔާ އަކީ ނުރައްކާ މީހެއް ކަމަށް ސައުދީން ބުނި

02 ނޮވެމްބަރ 2018

ވޮޝިންޓަން (ނޮވެމްބަރު 2) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އަކީ ނުރައްކާ މީހެއް ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވައިޓް ހައުސް އަށް ކުރެއްވި ފޯނު ކޯލެއްގައި ވިދާޅުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 2) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އަކީ ނުރައްކާ މީހެއް ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވައިޓް ހައުސް އަށް ކުރެއްވި ފޯނު ކޯލެއްގައި ވިދާޅުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު އެ ކޯލް ކުރައްވާފައި ވަނީ ނޫސްވެރިޔާ މަރާލި ކަމަށް ސައުދީން އެއްބަސްވުމުގެ ކުރިން ކަމަށް ވެސް ބުނެފައިވެ އެވެ. ޚާޝުގްޖީ މަރާލާފައި ވަނީ އޮކްޓޯބަރު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ. އޭނާގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެ އެވެ.

ސައުދީން ބުނެފައި ވަނީ ނޫސްވެރިޔާ މަރާލުމުގައި ޝާހީ އާއިލާގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ. އަދި އެ މަރުގެ ހަގީގަތް ހޯދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އަށް ކުރެއްވި ފޯން ކޯލެއްގައި މުހައްމަދު ވަނީ ކާޝުގްޖީ އަކީ މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ ނުރައްކާ މީހެއް ކަމަށް ވިދާޅުވެފަ އެވެ. އެ ފޯން ކޯލް ކުރައްވާފައި ވަނީ މިދިޔަ މަހު 9 ވަނަ ދުވަހު ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ވަނީ 18 މީހަކު ހައްޔަރުކޮށްފަ އެވެ.