ދ. ކުޑަހުވަދޫގައި ޕޯޓެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.
24 ފެބުރުއަރީ 2025
ދ. ކުޑަހުވަދޫގައި ޕޯޓެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.
ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.
ކުޑަހުވަދޫގައި ތަރައްގީކުރާ ޕޯޓުގެ މައިގަނޑު މަސައްކަތަކީ ޕޯޓު ޓު ޕޯޓު ލޮޖިސްޓިކްސް އެވެ. އެ ޕޯޓާ އެކު ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީކޮށް، އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެ ރަށުގައި ބޮންޑެޑް ވެއާހައުސްއެއް ހަދައި ޕޯޓާ ގުޅޭ އިތުރު ހިދުމަތްތައް ވެސް ތައާރަފް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޑަހުވަދުއަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށެވެ.
ބަނދަރުން މަސްވެރިންނަށް ފެން،ކަރަންޓުގެ ހިދުމަތް ދެނީ
"އަހަރު ނިމޭއިރު ފައިދާ ނެރޭ ކުންފުންޏަކަށް ހަދާނަން"
ރިޝްވާނަށް އޮތީ 3.5 ބިލިއަންގެ އާ ބަނދަރު ނިންމުން
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަނީ
އަގުބޮޑުވިޔަސް މޭވާ/ތަރުކާރީގެ ސަޕްލައި ހިފެހެއްޓިފައި
ކުޅުދުއްފުށީ ފްރީޒޯނާއެކު ރީއެސްޕޯޓް ފުރުސަތު އުތުރަށް
ޑިއުޓީ ފްރީ ޒޯނަކާ އެކު ޕޯޓުގައި އާ ހިދުމަތްތަކެއް
ފަޅު ބަންދުކުރުމުން ފެރީތަކަށް އިތުރު ދެ ސަރަހައްދެއް
ވަކީލެއް ކަމަށް ހެދިގެން އުޅުނު މައްސަލައެއް ޕޮލިހަށް