ދިރާގު އެލީޓް ކްލަބްގެ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ހިދުމަތްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ދޭން ފަށައިފި އެވެ.
19 ފެބުރުއަރީ 2025
ދިރާގު އެލީޓް ކްލަބްގެ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ހިދުމަތްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ދޭ އެސްތެޓިކް ހިދުމަތްތަކުގެ ތެރޭގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ހިމެނެ އެވެ.
އެ ހޮސްޕިޓަލުގެ ހަމުގެ އެސްތެޓިކް ހިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި ލަކުނު ފިލުވުމާއި ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ދަތްޕިލަ ރީތިކުރުމުގެ ހިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިން އަދި ޑެންޓަލް ޕޮލިޝިން ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ "އެކްސްއެލް ހާމޮނީ ޕްރޯ" ލޭޒާ މެޝިނެވެ. އަދި މި ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ އިރުޝާދާ އެކު އެވެ.
ދަތުގެ ފަރުވާތަކަށް ވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި "އެސްތެޓިކް ޑެންޓިސްޓްރީ" ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުން ވެސް ހިމެނެ އެވެ.
ދިރާގު އެލީޓް ކްލަބަކީ އެ ކުންފުނީގެ މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގަވާއިދުން ބިލް ދައްކާ، "ލޯޔަލް" ކަސްޓަމަރުންނަށް ފޯރުކޮށްދޭ މެމްބާޝިޕެކެވެ. މި އެލީޓް ކްލަބުގެ މެމްބަރުންނަށް ދިރާގުން އެކި ޑިސްކައުންޓްތަކާއި އެހެނިހެން ހިދުމަތްތައް ހޯދުމަށް ފަސޭހަ މަގުތައް ތަނަވަސްކޮށްދެ އެވެ.
ދިރާގު ފުވައްމުލައް ރަން 2025 އަށް ބޮޑު ތަރުހީބެއް
ފުވައްމުލައް ރަންގެ ބިބާއި ރޭސް ކިޓް އެ ރަށުން ދެނީ
އެސްތެޓިކް ހިދުމަތްތަކަށް ކްލަބް ޕްރިމިއާ ޑިސްކައުންޓު
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
ޑީޖީޖީއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
ރީލޯޑުކޮށްގެން ކޮންމެ ހަފްތާއަކު ދިރާގުން 10،000ރ. ދެނީ
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު