ދިރާގު ފުވައްމުލަކު ރަން 2025 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
03 މެއި 2025
ދިރާގު ފުވައްމުލަކު ރަން 2025 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
މި ދުވުމަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލް ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އެޑިޝަނެއް އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
އިއްޔެ ބޭއްވި މި ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލް، ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެތްލެޓިކްސް އެސޯސިއޭޝަންއާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފުވައްމުލައް ރަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،112 ދުވުންތެރިން ބައިވެރިވި އެވެ. މި ދުވުމުގައި ހިމެނުނު ކެޓަގަރީތަކުގެ ތެރޭގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެ އެވެ.
މި ދުވުމުގެ ހާފް މެރަތަން ފިރިހެން ކެޓަގަރީގެ ޗެމްޕިއަނަކީ ޝިފާޒު މުހައްމަދެވެ. އަދި ރަނައަޕް އަށް ހުސެއިން ފަޒީލު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ކިރަން ސިންގް ބޮގަޓީ އެވެ. ހާފްމެރަތަންގެ އަންހެން ކެޓަގަރީގެ ޗެމްޕިއަނަކީ އައިޝަތު ޖިނާނީ އިބްރާހީމެވެ. އަދި ރަނައަޕަށް ޝަޒްނާ މުހައްމަދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ހުސްނާ މުހައްމަދު އެވެ.
މި ދުވުމުގެ 10 ކިލޯމީޓަރުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަނަކީ މުހައްމަދު އިރުފާނެވެ. އަދި ރަނައަޕް އަށް މުހައްމަދު ރަޝީދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އަބްދުﷲ ރަޝީދު އެވެ. 10 ކިލޯމީޓަރުގެގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ނިޒްމީނާ އަހްމަދު އެވެ. އަދި ރަނައަޕް އަށް އަނާން އަހްމަދު ރަޝީދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އާމިނަތު ނައުފާ ރަޝީދު އެވެ.
މި ދުވުމުގެ 5 ކިލޯމީޓަރުގެ އޯޕަން ރަން ފިރިހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ހުސައިން ފަޟީލް އެވެ. އަދި ރަނައަޕް އަށް ޔޫސުފް އިބްރާހީމް ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ކިރަން ސިންގް ބޮގަޓީ އެވެ. ފަސް ކިލޯމީޓަރު އޯޕަން ރަން އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ނިޒްމީނާ އަހްމަދު އެވެ. އަދި ރަނައަޕް އަށް ފާތިމަތު ހަސްނާ ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ ހުސްނާ މުހައްމަދު އެވެ.
މި ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން މަތީގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަން އަކީ އަހުމަދު ރޫނީ މުހައްމަދު އެވެ. އަދި ރަނައަޕް އަށް އަހުމަދު ޖޫދު މުހައްމަދު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ މުހައްމަދު ޝުއައިބު އަބްދުﷲ އެވެ. ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން މަތީގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ ދުއާ އަހްމަދު ވަސީމް އެވެ. އަދި ރަނައަޕް އަށް ނީމް އިބްރާހީމް އަހްސަން ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އާއިޝަތު އަމްޝީ އަހުމަދު އެވެ.
ފަސް ކިލޯމީޓަރުގެ 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަނަކީ އާހިލް އިބްރާހީމް މޫސާ އެވެ. އަދި ރަނައަޕް އަށް ޔޫސުފް އާކިލް އާމިރު ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ މުހައްމަދު އާލް ހަސަން އެވެ. ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަން އަކީ އާމިނަތު ރައޫމް އަހްމަދު ހަބީބު އެވެ. އަދި ރަނައަޕް އަށް މަރްޔަމް ޔުއީން އަބްދުﷲ ހޮވުނުއިރު ދެ ވަނަ ރަނައަޕްއަށް ހޮވުނީ އާމިނަތު ޝާޔަން އެވެ.
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
ފުވައްމުލައް ރަންގެ ބިބާއި ރޭސް ކިޓް އެ ރަށުން ދެނީ
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
ޑީޖީޖީއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
ރީލޯޑުކޮށްގެން ކޮންމެ ހަފްތާއަކު ދިރާގުން 10،000ރ. ދެނީ
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައިފި
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓުގެ ފުރުސަތު