ދިރާގުން އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވަން ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީއެމްޖީސީ) ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވައިލައިފި އެވެ.
09 އެޕްރީލް 2025
ދިރާގުން އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވަން ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީއެމްޖީސީ) ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވައިލައިފި އެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް ލިބޭނެ އެވެ. އެ މުބާރާތަކީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވެވޭ ގޮތަށް އޮންލައިން ފޯމެޓަށް ކުރިއަށްގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ޑީއެމްޖީސީއަށް ކޮލިފައި ވާނީ އެ މުބާރާތުގެ އެންމެ މޮޅު 8 ޓީމެވެ.
Home | DGG by Dhiraagu
Home Page of DGG by Dhiraagu
މި ލިންކުން މުބާރާތުގައި ބައިވެރިވެވޭނެ.
މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވެ ވަނަވަނައަށް ދާ ޓީމުތަކަށް ވަނީ ޖުމްލަ 15،000ރ. އަގުހުރި ފައިސާގެ އިނާމް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ވަނަ އަށް ދާ ޓީމަށް 7،000ރ، ދެ ވަނަ އަށް ދާ ޓީމަށް 5،000ރ. އަދި ތިން ވަނަ އަށް ދާ ޓީމަށް 3،000ރ. އެވެ.
ޑީއެމްޖީސީއަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހުނަވެރި ގޭމަރުން އެއްތާކުން ފެނިގެންދާނެ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕެކެވެ. މޮބައިލް ލެޖެންޑްސް ކޮލިފަޔާސް އަކީ ޑީއެމްޖީސީއާ ހަމައަށް ދިއުމަށް ހުޅުވާލާ ފުރުތަމަ މުބާރާތެވެ.
ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށް އެކި މުބާރާތްތައް ބާއްވަމުންނެވެ.
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައިފި
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު
އީދު ބައިބަލާ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
ދިރާގުން އީދު ހަދިޔާއަކަށް ހިލޭ ޑޭޓާ ފޮނުވޭނެ
"ދިރާގު 3X3 ޗެލެންޖު" ފޯރިއާ އެކު ނިންމާލައިފި
"ބެކް ޓު ސްކޫލް" ކެމްޕެއިނަށް ދިރާގުގެ އެހީ