ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އިސްލާމިކް ބުނެފި އެވެ.
12 މާޗް 2017
ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އިސްލާމިކް ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ތިން ގޮތްޕަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 380 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި އޮންނަ މި މުބާރާތުގެ ކިޔެވުން 10 ދުވަހަށް ދެމިގެންދާނެ އެވެ.
މި މުބާރާތުގައި ފ. އަތޮޅުގެ ސްކޫލުތަކުން ހަ ދަރިވަރުންނާއި، އެހެން ކޮންމެ އަތޮޅެއްގެ އަތޮޅު ސްކޫލުތަކުން ހޮވާ 12 ދަރިވަރުންނާއި އައްޑޫއިން ހޮވާ 18 ދަރިވަރުން އަދި މާލޭގެ ކޮންމެ ސްކޫލަކުން ހަ ދަރިވަރުން ބައިވެރިވާނެ އެވެ.
މިއީ މިފަދަ މުބާރާތެއް އިސްލާމިކް މިނިސްޓްރީން ބާއްވާ ފުރަތަމަ ފަހަރެވެ.
ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެންމެ މޮޅު ފަސް ދަރިވަރުންނާއި ހާފިޒުންގެ ބައިން އެންމެ މޮޅު ފަސް ދަރިވަރުން ހޮވާނެ އެވެ.
ދީނީ ހަރަކާތްތައް ސްކޫލުގައި ހިންގާނެ އުސޫލު ހަދަނީ
ގުރުއާން މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަނީ
ސްކޫލުތަކަށް ޒިކުރު ބޯޑުތަކެއް ހަދިޔާކޮށްފި
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
މިކުދިން ނަގައިދެނީ ރީތި އައްޑޫ ބަހުގެ ފިލާވަޅެއް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް