ސްކޫލުތަކުގައި އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދެވޭނެ ގޮތަކަށް ހަރަކާތްތައް ހިންގަން އުސޫލުތަކެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
22 ޖެނުއަރީ 2024
ސްކޫލުތަކުގައި އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދެވޭނެ ގޮތަކަށް ހަރަކާތްތައް ހިންގަން އުސޫލުތަކެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ނޫސްވެރިން ގާތު އިއްޔެ ވިދާޅުވީ، އިސްލާމް ދީނާއި ރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެެއް ދެވޭ ގޮތަށް ސްކޫލްތަކުގެ ހަރަކާތްތައް ރާވައި ހިންގާނެ އުސޫލެއް ހެދުމަށް ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ސްކޫލްތަކުގެ ކޮންމެ ދަންފަޅިއެއްގައި ގައުމީ ސަލާމް ކިޔުން.
- ސްކޫލްތަކުގެ އެސެމްބަލީގައި މިހާރު ކަންކަން ހިނގާ ގޮތް އިތުރަށް މުރާޖައާކޮށް (ދީނާއި ގައުމިއްޔަތު)ގެ މަގްސަދުތައް ހާސިލްވާނެ ގޮތަށް ފަރުމާކޮށް، ބައްޓަން ކުރުން.
- ގައުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތައް ކަލަންޑަރު ކޮށްގެން ތާވަލް އެކުލަވާލައި (ދީނާއި ގައުމިއްޔަތު) މަގްސަދުތައް ހާސިލްވާނެ ގޮތަށް އެ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުން.
- ދިވެހި ބަހަށް ސްކޫލްތަކުގައި އިސްކަން ދިނުމަށް އަމަލީ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުން.
- ސްކޫލް ކުދިންނަށް ބޭނުންވާ އިލްމީ ދަރުސްތައް ދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ކުރުން.
ދީނަށް އިސްކަން ދީގެން ސްކޫލު ހަރަކާތްތައް ހިންގަން އުސޫލުތަކެއް ހަދަން ސަރުކާރުން ނިންމާފައި ވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް ރިސާލަތު ޕްރޮގްރާމެއް އިފްތިތާހު ކޮށްފަ އެވެ.
އެ ޕްރޮގްރާމު އަމާޒު ކުރަނީ އުމުރުން 4-18 އަހަރާ ދެމެދުގެ ކުދިންނަށާއި ޓީޗަރުންގެ އިތުރުން އާންމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މޭ މަހު ފަށާ ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ވެސް ނިންމައިފަ އެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު، މިހާރު މި ހިނގާ 2023 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26 ގަ އެވެ.
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް