އިސްލާމިކް މިނިސްޓްރީން ސްކޫލުތަކަށް، ތަފާތު ދުއާތައް ހިމެނޭ ޒިކުރު ބޯޑުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ސްކޫލުތަކަށް، ތަފާތު ދުއާތައް ހިމެނޭ ޒިކުރު ބޯޑުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި 36 ސްކޫލަކަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ނުވަ ޒިކުރު ބޯޑު ހަދިޔާކޮށްފަ އެވެ. އެއީ ޕްރީ ސްކޫލްތައް ވެސް ހިމަނައިގެންނެވެ.
ޒިކުރު ބޯޑުތައް ހަރުކުރަން އެންމެ ފުރަތަމަ ނިންމީ މި ރޯދަ މަސް ފެށުމުގެ ކުރިންނެވެ. ނަމަވެސް މިނިސްޓްރީން ބުނީ އެ އެއްޗެހި ޕްރިންޓް ކުރުމުގައި ދިގުލައިގެން ދިއުމުން އެކަން ލަސްވީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި އެންމެ ފުރަތަމަ ޒިކުރު ބޯޑުތައް ހަރުކުރަން ނިންމީ، އެއީ ގިނަ ބަޔަކު ވަދެ ނިކުމެ ހަދާ ތަންތަނަށް ވުމުން ކަމަށެވެ. އޭގެ ބޯޑުތައް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލުތަކާ ގުޅިގެން ދީނީ ހަރަކާތްތަކެއް ހިންގަން ސްޓިއަރިން ކޮމެޓީއެއް ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ ރޯދަ މަހާ ދިމާކޮށް މިނިސްޓްރީން އަންނަނީ ގިނަ ކަންތައްތައް ކުރަމުންނެވެ. އޭގެ ތެރޭގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގްރާމްތަކާއި ތަފާތު ދުއާތައް ހިމެނޭ ދުއާ ކާޑެއް ވެސް ބަހާފައި ވެ އެވެ.
ދީނީ ހަރަކާތްތައް ސްކޫލުގައި ހިންގާނެ އުސޫލު ހަދަނީ
ދަރިވަރުންގެ ގުރުއާން މުބާރާތް އަންގާރަ ދުވަހު ފަަށަނީ
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
މިކުދިން ނަގައިދެނީ ރީތި އައްޑޫ ބަހުގެ ފިލާވަޅެއް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި