08 ޖެނުއަރީ 2025
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލު ކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި އެއާ އެކު ހުޅުމާލެ އަށް އިތުރު 1،400 ޖާގަ ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލު ކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި އެއާ އެކު ހުޅުމާލެ އަށް އިތުރު 1،400 ޖާގަ ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، މި އަހަރު ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ހޯދަން އެދި ހުށަހެޅި ފޯމުތަކަށް ބަލާއިރު، މިހާރު ހުރި ޖާގައިގެ ތެރެއިން ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ހުޅުމާލޭގެ އާބާދީ އިތުރުވުމުގެ "ލޯޑު ބޮޑު" ނަމަވެސް ނިންމާލެވޭނެ އެވެ.
"ލޯޑު ބޮޑު، އެހެން ނަމަވެސް ނިންމައިލެވޭނެ. ކާމިލް ދީދީ ސްކޫލާއި ސަލާހުއްދީން ސްކޫލާއި ފުރަތަމަ ފިޔަވަހީގައި ހުރި ސްކޫލުތަކުގެ ބޭނުންކޮށްގެން [މި އަހަރަށް] ނިންމާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ، އަންނަ އަހަރަށް ވެސް ހުޅުމާލޭގެ ސްކޫލްތަކަށް އިންތިހާ އަށް ލޯޑު ބޮޑުވާނެ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް އަހަރަށް އިތުރު ސްކޫލެއްގެ މަސައްކަތް ނިންމައި، ލުޔެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ދެން އެ ހިސާބަށް ދާންވާއިރަށް، އާރުސީސީގެ ފަރާތުން އަޅަމުންދާ ސްކޫލް މިހާރުގެ ޝެޑިއުލަށް ބަލާއިރު، ނޮވެމްބަރު މަހުގެ ނިޔަލަށް އެބަ ނިމޭ. ދެން އަޅުގަނޑުމެން ސްކޫލު ފައްޓަން ނިންމާފައި މި ވަނީ ޖެނުއަރީ މަހުގެ ތެރޭގައި 2026 ވަނަ އަހަރަށް. އެހެންވީމާ 2026 އަށް މުޅިން އާ އެއް ސްކޫލު އަޅުގަނޑުމެންނަށް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ ސިންގަލް ސެޝަނަށް މަދުވެގެން 1400 ޖާގަ."
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް
މިނިސްޓަރު ވިދާޅުވިގޮތުގައި، އާރުސީސީގެ ސްކޫލުގެ އިތުރުން ހުޅުމާލެ 1 ގައި 18-20 ކްލާސްރޫމް އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ. އެކަމަކު އެއީ އާ ސްކޫލެއްތޯ ނުވަތަ މިހާރު ހުރި ސްކޫލެއްގައި އެ ވަރަށް ޖާގަ އިތުރުކުރާނީތޯ އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ އަހަރު މާލޭގެ ސްކޫލުތަކުގައި ކިޔެވުމަށް ބޭނުންވާ ކުދިން އިތުރުވާ ޓްރެންޑުތައް ބަލައި ފޯކާސްޓްތައް ވަނީ ހަދާފައި ކަމަށެވެ. ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ނިމޭ ވަރަށް މީހުން ބަދަލުވާނެ މިންވަރު އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މުޅިން އާ ދެ ސްކޫލެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެ ސްކޫލު އިމާރާތް ކުރާނެ ވަކި ތަނެއް އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ހުޅުމާލެ 1 ގައި ޕޮލްކޯ އާއި ސިފްކޯ އަދި ރެއިންބޯގެ ފްލެޓްތައް ވެސް އިމާރާތް ކޮށްފައި ހުރުމުން އެތަަނަށް ވެސް ސްކޫލެއް އެބަ ބޭނުންވެ އެވެ. އެހެންވެ، މިހާރު ހިޔާލު ހުރީ ހުޅުމާލެ 1 ގައި ސްކޫލަކާއި ހުޅުމާލެ 2 ގައި ސްކޫލެއް އިމާރާތް ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް
އަހުމަދިއްޔާ އަށް ހުޅުމާލެއިން ބިމެއް ދެނީ
ގިޔާސުއްދީން ދަރިވަރުންނަށް ހާއްސަ ސްކޫލު ބަހެއް
އާ ސްކޫލް ހުޅުވަންދެން ކިޔަވާނީ ތިން ސްކޫލެއްގައި
ފޭސް ދޭއްގެ ފުރަތަމަ ސްކޫލް ސެޕްޓެމްބަރު މަހު ހުޅުވަނީ
ހުޅުމާލެ 2 ގައި އަންނަ އަހަރު ތިން ސްކޫލެއް ހުޅުވާނެ
ދެ ވަނަ ފިޔަވަހީގައި އަންނަ ޖެނުއަރީ މަހު ކިޔަވައިދެނީ