05 ޖެނުއަރީ 2025
އެމެރިކާގައި އާއްމު ފަރުދުންނަށް ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ "ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް'، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ދީފި އެވެ.
އެމެރިކާގައި އާއްމު ފަރުދުންނަށް ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ "ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް'، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ދީފި އެވެ.
އެކަމަކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވާ މި މެޑަލް ހަވާލުކުރަން ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތަށް މެސީ ހާޒިރެއް ނުވެ އެވެ.
އެމެރިކާގެ މޭޖާ ލީގުގެ އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ މެސީ އަކީ މި މެޑަލް ލިބުނު ފުރަތަމަ ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ މި ޝަރަފް ލިބުނު އާޖެންޓީނާގެ ފުރަތަމަ ރައްޔިތު ވެސް މެ އެވެ.
މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މެސީ އަށް ވައިޓް ހައުސް އިން ދައުވަތު ދިނީ ފީފާ މެދުވެރިކޮށް މިދިޔަ މަހުގެ ފަހުކޮޅެވެ. ވައިޓް ހައުސް އަށް މެސީ ފޮނުވި ސިޓީގައި ބުނީ މި މެޑަލް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ނަމަވެސް އޭނާގެ ޝެޑިއުލް ރޭވިފައި އޮތް ގޮތުން ރަސްމިއްޔާތަށް ހާޒިރުވެވެން ނެތް ކަމަށެވެ.
މިއީ އެމެރިކާގެ ފާގަތިކަމާއި، އަސާސްތަކާއި، ސަލާމަތާއި، ރައްކާތެރިކަމާއި، ދުނިޔޭގެ ސުލްހަ އަށް ނުވަތަ އެނޫންވެސް މުހިންމު އިޖުތިމާއީ، އާއްމު ނުވަތަ އަމިއްލަ މަސައްކަތްތަކުގައި ނަމޫނާ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދޭ މެޑެއްޔެކެވެ.
ވައިޓް ހައުސް އިން ބުނީ މެސީ އަކީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި މުޅި ދުނިޔޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށާއި، އޭނާ އަންނަނީ ފުޓްބޯޅައިން ބޭރުން އިޖުތިމާއީ ގޮތުން ވެސް ގިނަ ބަޔަކަށް އެހީތެރިވަމުން ކަމަށެވެ.
އާޖެންޓީނާއާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ މެސީ ވަނީ ސްޕެއިނުގެ ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ކަޕާއި، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ރެކޯޑް އަދަދަކަށް ހޯދައިފަ އެވެ.
މި މެޑަލް މި ފަހަރު ލިބުނު މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އާއި، އެޓާނީ ޖެނެރަލް ރޮބަޓް ފްރަންސިސް ކެނެޑީ، ހޮލީވުޑްގެ އެކްޓަރު ޑެންޒެލް ވޮޝިންޓަން އާއި، ވޯގް މަޖައްލާގެ އެޑިޓަރު އަނާ ވިންޓޯ ހިމެނެ އެވެ.
މެސީގެ އިތުރުން މި މެޑަލް ލިބިފައިވާ ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން އާއި، ގޮލްފް ލެޖެންޑް ޓައިގާ ވުޑްސް، އަދި ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ހިމެނެ އެވެ.
17 އަހަރަށްފަހު ފިފްޕްރޯ ގަދަ 11އިން މެސީ ކަޓައިފި
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ހުވާކުރާ ރަސްމިއްޔާތަށް ބައިޑެން ވަޑައިގަންނަވާނެ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
އެމްއެލްއެސް ކަޕުން މެސީގެ އިންޓަ މަޔާމީ ކަޓައިފި
މެސީގެ ޓީމަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފި
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
ނަސްރުﷲ އަވަހާރަކޮށްލުމަކީ ބައިޑެން އަށް "އިންސާފު"
މެސީ އެނބުރި އައިސް މަޔާމީ މޮޅުކޮށްދީފި
މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް