ފްލޮރިޑާ (އޭޕްރީލް 28) - އެމެރިކާ ލީގުގައި ކުޅޭ އިންޓަ މަޔާމީ، މި އަހަރު ފުރަތަމަ ފަހަރަށް ބަލިވުމާ ގުޅިގެން، ކޯޗު ހަވިއޭ މަޝަރާނޯ އަމިއްލައަށް ޒިންމާ ނަގައިފި އެވެ.
ފްލޮރިޑާ (އޭޕްރީލް 28) - އެމެރިކާ ލީގުގައި ކުޅޭ އިންޓަ މަޔާމީ، މި އަހަރު ފުރަތަމަ ފަހަރަށް ބަލިވުމާ ގުޅިގެން، ކޯޗު ހަވިއޭ މަޝަރާނޯ އަމިއްލައަށް ޒިންމާ ނަގައިފި އެވެ.
އަމިއްލަ ދަނޑުގައި އެފްސީ ޑަލާސްއާ ދެކޮޅަށް އެމްއެލްއެސްގައި މިއަދު ކުޅުނު މެޗުން މަޔާމީ ބަލިވީ 4-3 އިންނެވެ.
ޑަލަސް އިން އަށް މިނިޓު ތެރޭ ލީޑު ނަގައިފައި ވަނިކޮށް ފަހަތުން އަރައި މަޔާމީ ވަނީ ދެ ގޯލު ޖަހައި ލީޑު ނަގައިގެން ފުރަތަމަ ހާފު ނިންމާލައިފަ އެވެ. ދެ ވަނަ ހާފުގައި މަޔާމީ އިން ތިންވަނަ ގޯލެއް ޖަހާފައި ވަނިކޮށް ޑަލަސް ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެން މޮޅުވެފަ އެވެ.
އުތުރު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ކްލަބް މުބާރާތް ކަމަށްވާ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލަށް ތައްޔާރު ވުމުގެ ގޮތުން، މަޝަރާނޯ ވަނީ މި މެޗަށް ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒް އަދި ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސް އަށް ވެސް ރެސްޓް ދީފަ އެވެ.
"އަހަރެމެން 65 މިނިޓު ވަންދެން ވަރަށް ރަނގަޅަށް ކުޅުނިން. ފަހަތުން އަރައި އެއްވަރު ވެސް ކުރިން. އެކަމަކު އަހަރެންނަށް ރަނގަޅު ނޫން ނިންމުންތަކެއް ނިންމައިގެން ގޯސްތަކެއް ހެދިގެން ބަލިވީ،" މަޝަރާނޯ ބުންޏެވެ.
މި ހަތަރު ކުޅުންތެރިންނާއި ކޯޗު މަޝަރާނޯ އަކީ ވެސް މީގެ ކުރިން އެކުގައި ބާސެލޯނާގައި ކުޅުނު ކުޅުންތެރިންނެވެ.
ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިންޓަ މަޔާމީ ވަނީ ރަށުން ބޭރުގައި ކެނެޑާގެ ވެންކޫވާ އަތުން 2-0 އިން ބަލިވެފަ އެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލައި ކުރި ހޯދޭނެ ކަމަށް މަޝަރާނޯ ގަބޫލު ކުރެ އެވެ.
އެމްއެލްއެސްގައި އިންޓަ މަޔާމީ މިވަގުތު އޮތީ ނުވަ މެޗުން 18 ޕޮއިންޓް ހޯދައިގެން އީސްޓާން ކޮންފަރެންސް ޓޭބަލްގެ ފަސްވަނައިގަ އެވެ.
މަޝެރާނޯގެ ކޯޗުކަމުގެދަށުން ކުޅެން މެސީ ތައްޔާރު
ބާސެލޯނާ އަކީ މެސީގެ ފަހު ކްލަބަށް ނުވެދާނެ: މަޝެރާނޯ
މެސީ ވެސް ފެށީ ރަތްކާޑަކުން، މާޔޫސްނުވޭ: މަޝެރާނޯ
މެސީގެ މަޔާމީވެސް ސަރަހައްދީ މުބާރާތުގެ ސެމީން ކަޓައިފި
ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅީ މެސީ: ޔަމާލް
މެސީގެ ގޯލުތަކުން މަޔާމީ ޗެމްޕިއަންސް ކަޕް ސެމީއަށް
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
އެމެރިކާގެ ރައީސް ދެއްވާ ފްރީޑަމް މެޑަލް މެސީ އަށް
17 އަހަރަށްފަހު ފިފްޕްރޯ ގަދަ 11އިން މެސީ ކަޓައިފި