03 ޖެނުއަރީ 2025
މާލެއަށް މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގައި، ގަޑިއިރެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން މިރޭ ބުނެފި އެވެ.
މާލެއަށް މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގައި، ގަޑިއިރެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން މިރޭ ބުނެފި އެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ބޯކޮށް ވެހުނީ މިއަދު ހަވީރު 5-6 ދޭތެރޭގައި ކަމަށާއި އެއީ 60 މިލިމީޓަރުގެ ވާރޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރަކީ ރެކޯޑު އަދަދެކެވެ.
މާލެއަށް މިހާތަނަށް ރެކޯޑު އަދަދަކަށް ވެހިފައިވަނީ ގާތްގަނޑަކަށް 200 މިލިލީޓަރުގެ ވާރެ އެވެ.
މެޓް އޮފީހުން ބުނީ މާލެ އާއި ހުޅުލެއަށް 24 ގަޑިއިރުގެ ތެރޭގައި ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެ ވަގުތުގެ ތެރޭގައި ހުޅުލެއަށް 163 މިލިމީޓަރުގެ ވާރޭ ވެހުނުއިރު މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ގޭގެއަށް ވަނީ ފެންވަދެފަ އެވެ. ގޭގެ އާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވަން ސިފައިންނާއި ފުލުހުން އަންނަނީ ވެލި ބަސްތާ ޖަހަމުންނެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރާނެ ކަމަށެވެ. އަންނަ އާދިއްތަ ދުވަހު ވެސް ވާރޭވެހޭނެތީ، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ދާނީ ރަނގަޅުވަމުން
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފި
އަދިވެސް ކުރިއަށް އޮތީ ބޯ ވާރެޔާއި ގަދަ ވައި
ކަނޑު ގަދަވާނެތީ ބ. އިން ލ. އަށް ޔެލޯ އެލާޓް
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
މާލެ އަޑީގައި: 24 ގަޑިއިރުން 136 މިލިމީޓަރު ވާރޭ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް