02 ޖެނުއަރީ 2025
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން މިއަދު ވެސް ދެ އެލާޓް ނެރެ، ސަމާލުވާން އެދެފި އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން މިއަދު ވެސް ދެ އެލާޓް ނެރެ، ސަމާލުވާން އެދެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު މިއަދު ހަވީރު 5:30 އާ ހަމައަށް ނެރުނު ފުރަތަމަ އެލާޓުގައިވާ ގޮތުން ބ. އަތޮޅުން ފެށިގެން ދެކުނަށް ހުރި ހުރިހާ އަތޮޅަކަށް ގަޑިއަކު 19 މޭލާއި 20 ދެމެދު ވައި ޖެހި ކަނޑުތައް ގަދަވާނެ އެވެ.
ދެ ވަނަ ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
މި އެލާޓުގައި ވަނީ މި އަތޮޅުތަކަށް ގުރުގުމާ އެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
ސްކޫލް ބަންދަށް ފަހު އާދިއްތަ ދުވަހު ކިޔެވުން އަލުން ފަށާއިރު މި ދުވަސްވަރު ގިނަ ބަޔަކު ވަނީ ރަށްރަށަށް ގޮސްފަ އެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީވެސް އާދީއްތަ ދުވަހުގެ ފަހުންނެވެ.
ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އޮތީ އިލްތިމާސްކޮށްފަ އެވެ.
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ދާނީ ރަނގަޅުވަމުން
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފި
މާލެއަށް ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ
ކަނޑު ގަދަވާނެތީ ބ. އިން ލ. އަށް ޔެލޯ އެލާޓް
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
މާލެ އަޑީގައި: 24 ގަޑިއިރުން 136 މިލިމީޓަރު ވާރޭ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް