02 ޖެނުއަރީ 2025
ސްކޫލް ޗުއްޓީއާ ދިމާކޮށް ޑިސެންބަރު މަހު އުމްރާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި އަންނާތީ، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިއްޖެ އެވެ.
ސްކޫލް ޗުއްޓީއާ ދިމާކޮށް ޑިސެންބަރު މަހު އުމްރާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި އަންނާތީ، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިއްޖެ އެވެ.
އެމްއޭސީއެލް އިން ބުނީ، ގިނަ އަދަދެއްގެ އުމްރާވެރިން މާދަމާ އެނބުރި އައުމަށް ހަމަޖެހިފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުތަކާއި ޓާމިނަލް ސަރަހައްދަށް ބާރުބޮޑުވެދާނެ ކަމަށެވެ.
ވީއައިއޭއިން ދަތުރުކުރާ މީހުން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން ވަނީ އިރުޝާދު ދީފަ އެވެ.
އެންމެ ބާރުބޮޑުވާނެ ގަޑިތައް އާންމުކޮށްފައި ވާއިރު، މާދަމާ ހެނދުނު 6:00 އިން 9:00 އަށް 618 އުމްރާވެރިން ހިމެނޭހެން 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މިވަގުތުތަކުގައި 1،372 މީހަކު އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ދެން އެންމެ ބާރުބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ. އެ ވަގުތުގެ ތެރޭގައި 2،071 މީހުން އެތެރެވާނެ ކަމަށާއި 1،091 ފުރާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ރާއްޖެ އަންނަ މީހުންގެ ތެރެއިން 452 މީހުންނަކީ އުމްރާގެ އަޅުކަމުން އަންނަ މީހުންނެވެ.
ބާރުބޮޑު ވަގުތުތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ވެސް ފަސިންޖަރުން އަރުވައި ބޭލުމުގަޔާއި އެއާޕޯޓު ވަށައިގެންވާ ސަރަޙައްދުގައި ޓްރެފިކް ފްލޯ ދެމެހެއްޓުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލުން އެދިފައިވެ އެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރައިފި
އެކްސިޑެންޓުވީ ޑްރައިވަރަށް ދިމާވި ސިއްހީ ކަމަކާ ހެދި
މިދުވަސްވަރު ބަލިތައް ގިނަވެދާނެތީ ސަމާލުވާން އެދެފި
މިރޭ 1 ޖަހަންދެން އެއާޕޯޓަށް ބަސް ދަތުރު ބާއްވަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް
ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް
ފުރަތަމަ ޓޫރިސްޓު، ރާއްޖެއަށް އޮތީ އާއިލީ ލޯތްބެއް
އެއް އާއިލާގެ 40 މީހުން އުމްރާއަށް
ވީއައިއޭގެ އެރައިވަލްސް 3ވަނައަށް އެންމެ މަތިވި ދުވަސް
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް