ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ކައިރިން ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ޕިކަޕެއްގައި ޖެހި މިއަދު ހެނދުނު އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި މައްސަލައެއްގެ ސަބަބުން ކަމަށް އެއާޕޯޓުން ބުނެފި އެވެ.
07 ޖެނުއަރީ 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ކައިރިން ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ޕިކަޕެއްގައި ޖެހި މިއަދު ހެނދުނު އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި މައްސަލައެއްގެ ސަބަބުން ކަމަށް އެއާޕޯޓުން ބުނެފި އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ވީއައިއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހެނދުނު 10 ޖަހާކަށް ހާއިރު އެއާޕޯޓުގައި ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ދިމާވީ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްރިލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭ ކަމަށް ވީއައިއޭ އިން ބުންޏެވެ.
އެކްސިޑެންޓު ހިނގި ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ވީއައިއޭ އިން ބުނެ އެވެ.
އުމުރުން 67 އަހަރުގެ އެ ޑްރައިވަރަށް ފަރުވާދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ، އެމީހާގެ ސީޓީ ސްކޭނާއި އެކްސްރޭ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސިއްހީ ހާލަތާ ގުޅިގެން އެއްޗެއް ވިދާޅުވެވޭނީ އެ ރިޕޯޓުތަކަށް ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ، އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ސީނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓުގައި ކާރު ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ވަގުތު ކާރުގެ ފަހަތުގައި އިން މީހަކަށް އަނިޔާވެގެން އެއާޕޯޓް ކްލިނިކަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމަކު ފުލުހުން ބުނިގޮތުގައި، ކާރުގެ ފަހަތުގައި އިން މީހާ އަށް މާ ސީރިއަސް އަނިޔާތަކެއް ނުވެ އެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނެއްޓި ޖެހިފައި އޮތީ އެއާޕޯޓުގެ ޓެކްސީ ލައިނާ ދިމާލުން މަގަށް ދުއްވާފައި ދިޔަ ބޮޑު ޕިކަޕެއްގެ ފަހަތުގަ އެވެ. އޭގެ ސަބަބުން ކާރުގެ ކުރީކޮޅު އޮތީ ޕިކަޕު ދަށަށް ވަދެ، އެއްކޮށް ހަލާކުވެފަ އެވެ.
ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
އެކްސިޑެންޓްތަކާ ގުޅިގެން ޕީޖީ އާއި ފުލުހުން މަޖިލީހަށް
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ނިޔާވީ އަޝްފާ އާއި ތޭރަވާގެ ދަރިފުޅު