Roadha Mihaaru
ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް

ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް

20 ޑިސެމްބަރ 2019

ސިނަމާލެ ބްރިޖް މަތީގައި ރޭ ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުލޭ ކޮޅުން ބްރިޖަށް އަރާ ފައިބާ އިރު މަޑުކުރަން ޖެހޭ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް އުޅަނދުތަކުގައި ޖިޕަކުން ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިނަމާލެ ބްރިޖް މަތީގައި ރޭ ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުލޭ ކޮޅުން ބްރިޖަށް އަރާ ފައިބާ އިރު މަޑުކުރަން ޖެހޭ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް އުޅަނދުތަކުގައި ޖިޕަކުން ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެއާ ވީ ކޮޅުން ބާރު ސްޕީޑްގައި ދުއްވާފައި އައި ޖިޕެއް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި އެ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އޭޑީކޭގައި ފަރުވާ ދީފައިވާ ކަމަށާއި ޖިޕް ދުއްވަން އިން މީހާއަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އެކްސިޑެންޓް ގަައި އެއްވެސްް މީހަކަށް ސީރިއަސް އަނިޔާ އެއް ނުވެ އެވެ.

ކޮންޓްރޯލް ނުވެގެން ގޮސް ވެހިކަލްތަކުގައި ޖެހުނު ޖިޕް ދުއްވަން އިނީ ފުލުހުންް ބުނި ގޮތުގައި ބަންގްލަދޭޝް މީހެކެވެ.