13 މެއި 2019
ފުރޮޅު ފަޅައިގެން ދިއުމުން، ސިނަމާލެ ބްރިޖު ހައިވޭގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އޭނާ މިއަދު ޒަޚަމްވެއްޖެ އެވެ.
ފުރޮޅު ފަޅައިގެން ދިއުމުން، ސިނަމާލެ ބްރިޖު ހައިވޭގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އޭނާ މިއަދު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގީ ކާރުގެ ފުރޮޅެއް ފަޅައިގެން ދިއުމުން ހައިވޭގެ އެއްފަރާތުގައި މަޑުކޮށްފައި އޮއްވައި، މާލެ އިން ހުޅުމާލެ އަށް ފުލުހަކު ދިޔަ ސައިކަލަކުން އެ ކާރުގެ ފަހަތުގައި ޖެހުމުން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި، އުމުރުން 29 އަހަރުގެ އެ ފުލުސް މީހާ އަށް ފަރުވާ ދެމުން އަންނައިރު، އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ނޭފަތާއި އަނގައިން ލޭ އައިސް ދަތްދޮޅިން ތަންކޮޅެއް މަށައިގެން ގޮސްފައި ވެ އެވެ.
ކާރުގެ ޑްރައިވަރާއި ސައިކަލް ދުއްވަން އިން ފުލުސް މީހާގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.
މިއަދު މެންދުރު ފަހު 3:30 ވާން އުޅެނިކޮށް ހިނގި މި އެކްސިޑެންޓުގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އެ ކާރުގައި ޖެހުނު ސައިކަލުގެ އެއް ލޯގަނޑު ހަލާކުވުމުގެ އިތުރުން މާ ބޮޑު ގެއްލުންތަކެއް ވެފައިވާ ތަނެއް ނުފެނެ އެވެ.
މާލޭގައި އިއްޔެ ވެސް އެކްސިޑެންޓެއް ހިނގައި ޒުވާނަކު ވަނީ ޒަޚަމްވެފަ އެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުންޏެވެ. ދަރުބާރުގެ ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއާ އެކު ކުޑަކުއްޖަކު ވެސް އިނެވެ. ނަމަވެސް އެ ކުއްޖާއަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ.
މި ފަހުން ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގައި، މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ވަނީ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވެފަ އެވެ.
ދުވެލި މަޑުކުރުމަށް އެދި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް
ސައިކަލެއް ކަހާލައި، މީހަކަށް އަނިޔާ ވެއްޖެ
ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ބްރިޖުން ފޭބި ކާރު އެރީ މެރިން ރިސާޗު ފާރަށް
ބްރިޖާއި ހައިވޭގައި ފުލުހުން ޗެކް ޕޮއިންޓްތައް ހަދައިފި
ހައިވޭގައި އެކްސިޑެންޓުވެ މީހެއްގެ ފައި ބިނދިއްޖެ
ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި