28 ޑިސެމްބަރ 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ކޯޓު އަމުރުތަކެއް ހިފައިގެން ގޮސް މޫކޭގެ އެޕާޓްމަންޓަކާއި އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ދެން އަމާޒުވާ ޔާސިރު ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ތަނުން ބައެއް އިލެކްޓްރޯނިކް އައިޓަމްތަކެއް ގެންގޮސްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ފުލުހުން މިރޭ ބުނީ، އެ ދެ މީހުން ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައިވާ ކަން އެ ދެ މީހުންނަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަންނަމުން ގޮސް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ ބުނާ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި އިބޫގެ ވެރިކަމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައި ވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ފުލުހުން އާރުޑީސީ އަށް ވަދެ ލިޔުންތަކެއް ގެންގޮސްފައިވެ އެވެ.
މި ކަންކަމާ ގުޅުވައި މި ހިޔާނާތުގައި މޫކޭ ބައިވެރިވާ ކަމަށް ތުހުމަތުކޮށް ފެތުރޭ ވާހަކަތަކާއި ޔާސިރަށް ކުރާ ތުހުމަތު ވެސް އެ މީހުން ދޮގުކޮށްފައިވެ އެވެ.
މޫކޭ، ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހަޓައިފި
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު
އާރުޑީސީ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވަނީ
އާރުޑީސީ ހިޔާނާތް: އެކެއްގެ އެކައުންޓަށް 11މިލިއަން
ޝައްކުވާ ފައިސާ ޔާސިރުގެ އެކައުންޓަށް ވަންނަތާ 4އަހަރު
އާރުޑީސީގެ ސީއެފްއޯގެ އެކައުންޓަށް 13 މިލިއަން ރުފިޔާ
ހިޔާނާތުގެ މައްސަލަ ބަލާތާ 5 މަސް، ފިޔަވަޅެއް ނާޅާ
ފަޒުލް ގެއިން ފެނުން ފައިސާއާ ބަޔަކު ހަވާލުވެއްޖެ!
ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި