03 މާޗް 2024
ކުރީގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ވަދެފައިވާކަން، އެކަމުގައި އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ވަދެފައިވާކަން، އެކަމުގައި އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ އެ މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 2022 ގައި ކަމަށާއިި އޭރުއްސުރެ މައްސަލައިގެ ޓެކްނިކަލް ކަންތައްތައް ކުރަން ފަށާފައިވާ ކަމަށެވެ. އެ ޑިޕާޓްމަންޓުން ބުނީ، މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް، ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާ ކަމަށް ބުންޏެވެ.
ރަޝީދު ވިދާޅުވީ އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުމްފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެއިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރުކޮށްފައިވަނީ 2018 އިން ފެށިގެން ސެޕްޓެމްބަރު، 2022 އާ ހަމައަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ތަހުގީގުން ދައުލަތުގެ ފައިސާ ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އަސާސީ މިންގަނޑާ ހިލާފަށް ގެންގުޅެފައިވާކަން ވަނީ ފާހަގަކުރެވިފައި އެވެ. މީރާއަށް ފައިސާ ޖަމާވުމުގެ ބަދަލުގައި އެކެއްގެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމިއްލަ ބޭނުންތަކަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ޝައްކު ކުރެވޭއިރު، އެ ފައިސާ ދައުރުކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވޭ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ އެ ކަން ވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.
"...މި 11 މިލިއަން ރުފިޔާ ހުރީ ކުރިން ބުނި ކުންފުނިތަކަށާއި އަދި ކުންފުނީގެ ބޭރުން ވެސް އެކި ފަރާތްތަކަށް ޑިސްޓްރިބިއުޓް ކޮށްފައި. އެކި މީހުންގެ އެކައުންޓަށް ވަދެފައި،" އެ މީހުންގެ ތަފްސީލެއް މިވަގުތު ދެވެން ނެތް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ނާފިޒު ވިދާޅުވީ އާރުޑީސީއާ ގުޅުންހުރި އެހެން ކުންފުންޏެއްގެ އެކައުންޓަށް 392،000ރ. ވަދެފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 162،000ރ. އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތެއްގެ އެކައުންޓަށް ވަދެފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.
އޭސީސީގެ ފަރާތުން ސީނިއާ އިންވެސްޓިގޭޝަން އޮފިސަރު އަލީ އާދަމް ވިދާޅުވީ މި މައްސަލަ ބަލަން ފެށީ އާރުޑީސީގެ މުވައްޒަފުންތަކެއް ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ދައުލަތުގެ އިދާރާއަކުން މައްސަލައެއް ހުށަހެޅުމުން ކަމަށެވެ.
މި ފައިސާތައް އެކި އެކައުންޓުތަކުގައި ދައުރުކޮށް އަމިއްލަ މަންފާ ހޯދާފައިވާ ކަން ދެނެގަނެވިފައިވާ އިރު، އެކަމުގައި މަނީ ލޯންޑަރިން ވެސް ހިމެނޭތީ ފުލުހުންނާ ގުޅިގެން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!
ޒިފްލީނާ ފްލެޓު ގަތް މައްސަލަ އޭސީސީ އަށް!
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު
އާރުޑީސީ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވަނީ
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން އޭސީސީން ހައިކޯޓަށް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ