05 ޖުލައި 2023
އާރްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް ކުންފުނީގެ އެކައުންޓުން 2019 ވަނަ އަހަރުން ފެށިގެން ފައިސާ ޖަމާކުރަމުން ގޮސްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އާރްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް ކުންފުނީގެ އެކައުންޓުން 2019 ވަނަ އަހަރުން ފެށިގެން ފައިސާ ޖަމާކުރަމުން ގޮސްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަންނަމުން ގޮސް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ ބުނާ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅުމުން މިހާރު އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން އާރްޑީސީގެ އެކައުންޓަކުން ޔާސިރުގެ އެކައުންޓަށް ފައިސާ ޖަމާކުރަމުން ގޮސްފައިވެ އެވެ. އަދި ޔާސިރުގެ އެކައުންޓުން އެ ކުންފުނީގެ އެހެން ބައެއް މުވައްޒަފުންގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ދައުރުކޮށްފައިވާކަން އެނގިފައިވެ އެވެ.
މިކަމުގައި ޝާމިލުވާ މުވައްޒަފުންގެ އަދަދެއް އަދި ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު ފުލުހުންގެ އިސް އޮފިސަރަކު ކަށަވަރުކޮށްދިން ގޮތުގައި ފައިސާ ދައުރުކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެއް ނުހިމެނެ އެވެ. އެހެންވެ އޭނާގެ މައްސަލައެއް ބަލަމުންނެއް ނުދެ އެވެ.
މަގު ހެދުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫކޭ އާއި ޔާސިރަކީ އެއް ރަށަކަށް އުފަން، ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ. މި ކަންކަމާ ގުޅުވައި މި ހިޔާނާތުގައި މޫކޭ ބައިވެރިވާ ކަމަށް ތުހުމަތުކޮށް ފެތުރޭ ވާހަކަތަކާއި ޔާސިރަށް ކުރާ ތުހުމަތު ވެސް މޫކޭ ވަނީ ދޮގުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ އެއްވެސް އެކައުންޓެއް މެދުވެރިކޮށް ގޯސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އެއްވެސް އަމިއްލަ އެކައުންޓަކާ ގުޅިގެން ވެސް ނޯންނާނެ މައްސަލައެއް. މިއީ ހަމަ ބުހުތާނެ ވާހަކައެއް. ބަލާ ފަރާތަކުން މި މައްސަލަ ބަލަންވީ. އާރްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅިގެން އަމިއްލަ އެކައުންޓަކަށް ވިޔަސް އެހެން ގޮތަކުން ވިޔަސް ވައްކަން ކޮށްގެން ފައިސާތަކެއް އާރްޑީސީއަކަށް ޖަމައެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
މޫކޭ ވިދާޅުވީ، އެފަދަ މައްސަލައަކާ ގުޅިގެން ފުލުހުން މިހާތަނަށް އާރްޑީސީން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވާފައި ނުވާ ކަމަށެވެ.
މޫކޭއަކީ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސެވެ. އެޗްޑީސީގެ ޕްރޮކިއުމެންޓް މެނޭޖަރަކަށް ވެސް މީގެ ކުރިން އުޅުއްވި ޔާސިރަކީ އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ރައީސެވެ.
އާރުޑީސީގެ ސީއެފްއޯގެ އެކައުންޓަށް 13 މިލިއަން ރުފިޔާ
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު
އާރުޑީސީ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވަނީ
އާރުޑީސީ ހިޔާނާތް: އެކެއްގެ އެކައުންޓަށް 11މިލިއަން
އެގްޒެކިއުޓާސްއަށް ފައިސާ ދިނީ އެއްބަސްވުމެއް ނެތި؟
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް
1 މިލިއަން އޭސީސީއާ ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި
ބައްސާމްގެ ފްލެޓް އަތުލި މައްސަލަ ހައިކޯޓުން ނުބެލި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް