ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.
14 ޑިސެމްބަރ 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓްތައް ފްރީޒް ކުރީ ފުލުހުންގެ އެދުމަކަށް ކްރިމިނަލް ކޯޓުންނެވެ.
އެކައުންޓްތައް ފްރީޒު ކުރުމުން ޔާމީނަށް އެކައުންޓުތައް މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ނުހިންގެވޭނެ އެވެ. ނަމަވެސް އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އެނގިފައެއް ނުވެ އެވެ.
މިއީ ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ އެކައުންޓްތައް ފްރީޒް ކުރި ފުރަތަމަ ފަހަރެވެ.
ޔާމީންގެ ފުރަތަމަ ތަހުގީގަށް މާދަމާ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން މިހާރު ވަނީ ޗިޓު ފޮނުވައިފަ އެވެ. ފުލުހުން މިހާރު ބަލަނީ ސެޕްޓެމްބަރު 23 ގައި އޮތް ރިޔާސީ އިންތިހާބުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެމަނިކުފާނުގެ އެމްއައިބީގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއްގަ އެވެ.
ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުސް އޮފީހުން އަޅަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޔާމީންގެ އެކައުންޓަށް ދެ ބުރެއްގެ މަތިން 22 މިލިއަން ރުފިޔާ ޖަމާކުރީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކަމަށް، އެމަނިކުފާނުގެ ގާތް ބޭފުޅުން އޭރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުގެ އަމިއްލަ ނަމުގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވާ، ކެމްޕޭނަށް އެކި މީހުން ދޭ މާލީ އެހީ އެއަށް ޖަމާކުރަން ޖެހެ އެވެ. އެކަމަކު 22 މިލިއަން ރުފިޔާ ޖަމާކުރީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވި އެކައުންޓަކަށް ކަމެއް ނުވަތަ އެމްއައިބީގައި ކުރިންސުރެ ވެސް އޮންނަ އެމަނިކުފާނުގެ އެކައުންޓަށް ކަމެއް ނޭނގެ އެވެ.
އެވަރުގެ ބޮޑު އަދަދެއް ކުއްލިއަކަށް ޖަމާވުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅައިފަ އެވެ. އެކަމަކު ފުލުހުން އޭރު އެ މައްސަލަ ބަލާފައެއް ނުވެ އެވެ.
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
އާރަށް މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން