27 މާޗް 2024
އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގާ ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެކަމަކު އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ ސެޕްޓެމްބަރު 2022 ގައި އެ މައްސަލަ ހުށަހެޅުމާ އެކު، ޓެކްނިކަލް ކަންތައްތައް ކުރަން ފެށި ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވުނަސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވިފައިވާ ކަމަށް އޭރު ބުންޏެވެ.
އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވޭ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ އެ ކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނާފިޒު ވިދާޅުވީ އާރުޑީސީއާ ގުޅުން ހުރި އެހެން ކުންފުންޏެއްގެ އެކައުންޓަށް 392،000ރ. ވަދެފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 162،000ރ. އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތެއްގެ އެކައުންޓަށް ވަދެފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު
ފުލުހުން ބަލަނީ ފައްޔާޒަށް ޖަމާވި ފައިސާގެ މައްސަލައެއް
އާރުޑީސީ ހިޔާނާތް: އެކެއްގެ އެކައުންޓަށް 11މިލިއަން
ޝައްކުވާ ފައިސާ ޔާސިރުގެ އެކައުންޓަށް ވަންނަތާ 4އަހަރު
އާރުޑީސީގެ ސީއެފްއޯގެ އެކައުންޓަށް 13 މިލިއަން ރުފިޔާ
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ބައްސާމްގެ ފްލެޓް އަތުލި މައްސަލަ ހައިކޯޓުން ނުބެލި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ