27 ޑިސެމްބަރ 2024
މިދިޔަ އަންގާރަ ދުވަހުގެ ރެޔަކީ 2013 ވަނަ އަހަރަށް ފަހު، ގަލޮޅު ދަނޑަށް ގައުމީ ޓީމު ނޫން ބައެއް ކުޅޭ މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަން ފަހަރެވެ. އެއީ ގައުމީ ޓީމު ފިޔަވައި އެހެން ބައެއްގެ މެޗެއްގެ ޓިކެޓަކަށް ފަހަކަށް އައިސް އެންމެ ބޮޑު ޑިމާންޑެއް އުފުލު މެޗު ވެސް މެ އެވެ. އެ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ޓީމެއް ނޫނެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކާއި، ސިޓީތަކަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ބޭއްވި ގޯލްޑް ކަޕުގެ ފައިނަލްގައި އައްޑޫ އަތުން 2-0 އިން ބ. އޭދަފުށި މޮޅުވި މެޗެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރެޔަކީ 2013 ވަނަ އަހަރަށް ފަހު، ގަލޮޅު ދަނޑަށް ގައުމީ ޓީމު ނޫން ބައެއް ކުޅޭ މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަން ފަހަރެވެ. އެއީ ގައުމީ ޓީމު ފިޔަވައި އެހެން ބައެއްގެ މެޗެއްގެ ޓިކެޓަކަށް ފަހަކަށް އައިސް އެންމެ ބޮޑު ޑިމާންޑެއް އުފުލު މެޗު ވެސް މެ އެވެ. އެ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ޓީމެއް ނޫނެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކާއި، ސިޓީތަކަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ބޭއްވި ގޯލްޑް ކަޕުގެ ފައިނަލްގައި އައްޑޫ އަތުން 2-0 އިން ބ. އޭދަފުށި މޮޅުވި މެޗެވެ.
އެ މެޗާއި ޖުމްލަކޮށް މުބާރާތުގެ ފޯރި ފެނިފައި ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި އާއްމުން ބުނަނީ، މިއީ މަރުކަޒީކޮށް ހިންގަމުން އަންނަ ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް ބަދަލު ގެނެސް، މުޅި ރާއްޖެ އަށް ފުޅާކޮށްގެން ފުޓްބޯޅަ ކުރިއަށް ގެންދަންވީ ވަގުތު ކަމަށެވެ.
ކުރިއާ ބަލާއިރު ރާއްޖޭގައި ފުޓްބޯޅަ އަށް ފައިސާ ހޭދަކުރާ ވަރު ވަނީ އިތުރުވެފަ އެވެ. ކުޑަކުދިންނަށް ތަމްރީން ދޭނެ އެކަޑަމީތައް ވެސް ވީ ގިނަ އެވެ. ފުޓްބޯޅަ ކުޅެން ކުދިން ފޮނުވާ ބެލެނެވެރިންގެ އަދަދު ވެސް ވީ އިތުރެވެ. ކުޅުންތެރިންގެ ހުނަރު ތަރައްގީވެ، ފެންވަރު ރަނގަޅު ކޯޗުން ވެސް ގިނަވެއްޖެ އެވެ. އެ ހުރިހާ ކަމަކާ އެކު ވެސް ފުޓްބޯޅައިގެ ފޯރި ނުހިފާތީ ވަރަށް ގިނަ ބަޔަކު އައީ އެ ސުވާލު ކުރަމުންނެވެ.
"މިހާރު އޭގެ ޖަވާބު ލިބިފައި އެ އޮތީ. ހަގީގަތުގައި ފުޓްބޯޅަ ދިރި އެބައޮތް. ފުޓްބޯޅަ އަންނަނީ ކުރިއަރަމުން. ސަޕޯޓަރުން ދަނޑަށް ނުވަމުނާއި ފޯރި ނެތުމުގެ މައްސަލަ ދިމާވެފައި އޮތީ. އެކަމަށް ބޭނުންވާ ހައްލު ގޯލްޑް ކަޕުން އެ ވަނީ ފެނިފައި،" ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ.
ގޯލްޑް ކަޕް ފައިނަލްގައި އައްޑޫ އާއި އޭދަފުށި ކުޅުނު މެޗުގައި އައްޑޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބައެއް މީހުން ބުނަމުން އައީ ފޯރި ކެނޑުނީ ފުޓްބޯޅަ ސިޔާސީ ވުމުން ކަމަށެވެ. ނުވަތަ އާއްމުންގެ ދިރިއުޅުން ބުރަވެ، ފުޓްބޯޅަ ބަލަން ދެވޭހާ ވަގުތު ނުލިބެނީ އެވެ. ނުވަތަ ރާއްޖޭން ބޭރުގެ ފެންވަރު ރަނގަޅު ލީގުތައް ޓީވީން ފެންނާތީވެ ދިވެހި ފުޓްބޯޅަ ބަލަން ބޭނުންނުވަނީ އެވެ.
އެ ހުރިހާ ކަމެއް އޮވެ ނޫންތޯ ގޯލްޑް ކަޕް ވެސް އެ ކާމިޔާބުވީ،" ފުޓުބޯޅައިގެ ތަޖުރިބާކާރު ބުންޏެވެ.
"އިނގިރޭސި ޕްރިމިއާ ލީގުގެ ނުވަތަ ސްޕެނިޝް ލީގުގެ ކްލަބަށް ސަޕޯޓްކުރާ ދިވެހި މީހާ ވެސް، އޭނާގެ ރަށް ނުވަތަ ސިޓީ ކުޅެންޏާ އެ މެޗެއް ބަލަން ދާނެ. އެއީ ކޮންމެހެން މާމޮޅު ކުޅުމެއް ކުޅޭތީ އެ މަންޒަރު ބަލާކަށް ނޫން. ރަށް ދެކެ ވާ ލޯބިން ތަރުހީބު ދޭން ދަނީ."
ގޯލްޑް ކަޕުގައި ވާދަކުރި އައްޑޫގެ ކޯޗު އަދި ކުޅުންތެރިޔާ އަބްދުﷲ ހަނީފް (ބެންޖޯ) ވެސް ބުނީ ކޮންމެ ބަޔަކުވެސް އެ ބަޔަކު ނިސްބަތްވާ ރަށަކަށް ނުވަތަ ސިޓީއަކަށް ސަޕޯޓުކުރާނެ ކަމަށާއި އެހެންވެ އެ ޓީމުތަކުގެ މެދުގައި ކުޅޭ ނަމަ ފޯރި އޮންނާނެ ކަމަށެވެ.
ރާއްޖޭގައި ކުރިން ފުޓްބޯޅައިގެ ފޯރި އޮތީ ވެސް އެ އުސޫލުންނެވެ. އެކަމަކު އޭރު އެއީ މާލޭގެ އަވަށްތަކުގެ ވާދަވެރިކަމެވެ. ގަލޮޅު މީހުން ވިކްޓްރީ އަށް، ހެންވޭރު މީހުން ނިއު ރޭޑިއަންޓަށެވެ. ނަމަވެސް މާލޭގައި މިހާރު އަވަށު ވާދަވެރިކަމެއް ނެތެވެ. އެ ޓީމުތަކުގެ ފަހަތުގައި ތިބީ ކްލަބަށް އުފެދުނު ލޯބީގައި ސަޕޯޓްކުރާ މީހުންނެވެ. އެހެންވެ އެ ޓީމުތަކުގެ ވެސް ބައިވެރިވުމާ އެކު، ވާދަވެރިކަން މިހާރު ވެސް އޮތް ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގެ މެދުގައި ލީގެއް އޮވެއްޖެ ނަމަ ފޯރި އިއާދަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ކ. ހުރާގެ ހުއްރިއްޔާ: ބޮޑެތި ކާމިޔާބީތަކެއް ހޯދި.
ސަރުކާރުން 1986 ވަނަ އަހަރު ތައާރަފު ކުރި އަތޮޅު ފުޓްބޯޅަ މުބާރާތާ އެކު، ގިނަ ރަށްތަކެއްގައި ފުޓްބޯޅައިގެ ފޯރި ހިފި އެވެ. އެކަމަކު އެ މުބާރާތް އޭރު ރާވާފައި އޮތް އޮތުން ރަށެއްގެ ޓީމަކަށް ފުރަތަމަ ޑިވިޝަނަށް އައުމަށް އޮތީ ހަނި ފުރުސަތެކެވެ. އޭރު އޮތް ގޮތުން އެންމެ ފުރަތަމަ ކުޅޭނީ އަތޮޅު މުބާރާތެކެވެ. އޭގެ އެއް ވަނަ އާއި ދެ ވަނަ ޓީމު ހޮވެނީ، ރާއްޖެ ފަސް ސަރަހައްދަކަށް ބައިކޮށް ޒޯންތަކެއް ކަނޑައަޅައި، އެ އަތޮޅެއް ހިމެނޭ ޒޯނުގެ މުބާރާތަކަށެވެ. ކޮންމެ ޒޯނެއްގެ އެއް ވަނަ އާއި ދެ ވަނަ ޓީމު މާލޭގައި ބާއްވާ ޒޯން ޗެމްޕިއަންސް ލީގަށް ހޮވެ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބެނީ ރާއްޖޭގެ ދެ ވަނަ ޑިވިޝަނުންނެވެ. އެކަމަކު އެ ހަނި ފުރުސަތުގެ ތެރެއިން ވެސް ދެމިގަނެ އޭދަފުއްޓާއި ކ. ހުރާގެ ހުއްރިއްޔާ އިން ފުރަތަމަ ޑިވިޝަނަށް އަރައި ރަނގަޅު ވާދައެއް ކުރި އެވެ.
ރަށްރަށު ޓީމުތަކަށް ފުރުސަތު ބޮޑަށް ފަހިވީ 2000 ވަނަ އަހަރު ތައާރަފުކުރި އެއް ވަނަ ޑިވިޝަނުގެ ދިވެހި ލީގާ އެކު އެވެ. އެފްއޭއެމުން އޭރު ނިންމީ މާލޭ ޓީމުތަކުގެ މެދުގައި މާލޭ ލީގެއް ކުޅެ އޭގެ އެންމެ ގަދަ ހަ ޓީމާއި ޒޯން ޗެމްޕިއަންސް ލީގުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް ދިވެހި ލީގުން ފުރުސަތު ދޭށެވެ. އޭގެ ސަބަބުން ރަށްރަށުގެ ޓީމުތަކަށް ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ފެންވަރު ދައްކާލަން ރަނުގެ ފުރުސަތެއް ލިބުމެވެ.
އޭގެ ފަހުން 2015 ގައި ވެސް އެފްއޭއެމުން ފުޓްބޯޅަ އޮނިގަނޑަށް ބަދަލެއް ގެނަ އެވެ. މި ފަހަރު ނިންމީ އަތޮޅު މުބާރާތް، މިނިވަން ޗެމްޕިއަންޝިޕުގެ ނަމަށް ބަދަލުކޮށް، އެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށެވެ. އެގޮތަށް ކުޅެ ޒޯން ޗެމްޕިއަނުންގެ މެދުގައި ބާއްވާ ބުރުގެ ގަދަ ހަތަރު ޓީމަށް އޭރު އަލަށް ފެށި ދިވެހި ޕްރިމިއާ ލީގުން ފުރުސަތަތު ދޭ ގޮތަށް ވެސް ނިންމި އެވެ.
"މި މުބާރާތާ އެކު މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑު ބަދަލެއް އަންނާނެ. ހަފުތާ ބަންދުގައި މެޗުތައް ކުޅުމާ އެކު ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އަދި އެ ހަފުތާ ބަންދުގައި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި ރަށުގެ ރައްޔިތުން އެންމެން އެއްވެ ބަލާލާނެ ފުޓްބޯޅަ މެޗެއް އޮންނާނެ. އަދި ހޯމް އެންޑް އަވޭ އުސޫލުން ކުޅުމުގެ ފޯރިގަދަ ވެގެންދާނެ،" އޭރު އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެފައި ވެ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭއިރު ދަނޑު އޮންނަނީ ހުސްކޮށް.
އޭރު ބެލެވުނީ އެއީ ދިވެހި ޕްރިމިއާ ލީގު ވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ފެށުމުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުގަ އެވެ. އެގޮތުން 2018 ވަނަ އަހަރު ހަވާލުވި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލް މަޝްވަރާ ކުރައްވައި މިނިވަން ޗެމްޕިއަންޝިޕް، ޖަޒީރާ ޗެމްޕިއަންޝިޕަށް ރީބްރޭންޑް ކުރަން ނިންމެވި އެވެ. ބައްސާމް އޭރު ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު އަތޮޅުތެރެއަށް ގެންދަން ބަލާއިރު އަތޮޅުތެރޭގައި އަދި އެކަށީގެންވާ ވަރަށް ވަސީލަތްތަށް މަދު ކަމަށާއި އެހެންކަމުން ޖަޒީރާ ޗެމްޕިއަންޝިޕާ އެކު އަތޮޅުތެރޭގައި ފުޓުބޯޅަ ވަސީލަތްތައް ތަރައްގީ ކުރެވޭނެ ކަމަށެވެ.
ނަމަވެސް ކޮވިޑުގެ ސަބަބުން މެދުކެނޑިފައި ދެން ފަށަން ބެލިއިރު މުޅި ނިޒާމާއި އޮނިގަނޑު އޮތީ އޮޅުންބޮޅުން ވެފަ އެވެ. ކުރިއަށް އެޅި ފިޔަވަޅުގައި އިތުރަށް ކުރިއަށް ނުދެވި އެތައް އަހަރެއް ފަހަތަށް ފުޓްބޯޅަ ސޮއްސާލި އެވެ. ދިވެހި ޕްރިމިއާ ލީގުގެ ވެސް އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ. މުބާރާތްތައް ދިޔައީ ކެންސަލް ވަމުންނެވެ. އެފްއޭއެމަށް ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ކުރެވެން ފެށި އެވެ. އެ އެސޯސިއޭޝަނުގެ އެތެރެ އޮތީ ބޮއްސުންލައިފަ އެވެ. އެންމެ ފަހުން ފީފާ އިން ބައްސާމް ސަސްޕެންޑްކޮށް، އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ އެވެ.
ފުޓްބޯޅަ ދެ ކޯޗުން ކަމަށްވާ މުހައްމަދު ޝާޒްލީ (ޝާޒް) އާއި އަލީ ނިޝްތާރު މުހައްމަދު އިސްވެ ތިބެ "އަލުން ދަނޑަށް" މި ޝިޔާރުގެ ދަށުން ގޯލްޑް ކަޕް ފެށީ، އެ ހުރިހާ ކަމަކާ އެކު ހުއްޓިފައި އޮތް ފުޓްބޯޅަ އަލުން ކޮޅަށް ނަގައި ފޯރި އާލާކުރާށެވެ. އެ މުބާރާތް ވެގެންމިދިޔައީ ހީކުރި ވަރަށް ވުރެ ކާމިޔާބު މުބާރާތަކަށެވެ. އެހެންވެ އެފްއޭއެމް އަލުން ނޯމަލައިޒްކުރަން އުޅޭ މި ވަގުތަކީ، ގޯލްޑް ކަޕުން ސާބިތުވި ކަންކަމާ އެއްގޮތަށް، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ލީގެއް ފަށަން އެންމެ ރަނގަޅު ވަގުތު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނުގައި ކުޅެނީ.
"ކުރިން މިވާ ގޮތަކީ އަތޮޅުތެރެއަށް ފުޅާކުރާއިރު ވެސް، މާލޭގައި އޮންނަ ލީގާ ވަކިން ފުޅާކުރަނީ. ޖަވާބަކަށް ބުނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައިގެން މުޅި ރާއްޖެ އަށް ލީގު ފުޅާކުރާނީއޭ. އެކަމަކު އެކަމެއް ނުވެ މިއޮތީ. އެހެންވެ މިއީ ލޯ މަރާލާފައި ވިޔަސް މުޅި ރާއްޖެ އަށް ފުޅާކޮށްގެން ފަށަންވީ ވަގުތު،" ފުޓްބޯޅައިގެ ތަޖުރިބާރަކު ބުންޏެވެ.
އެކަމަކު އޭގެ ކުރިން ކުރަން ޖެހޭ މުހިއްމު ކަމެއް އެބައޮތެވެ. އެއީ ރާއްޖޭގެ ދެ ސަރައްހެއްގައި ފުޓްބޯޅަ އެސޯސިއޭޝަން ހަދައި، މިހާރުގެ އެސޯސިއޭޝަން ފެޑެރޭޝަނަކަށް ބަދަލުކުރުމެވެ. އަދި ރަށްރަށުގެ ނަމުގައި ހަދާ ކްލަބްތައް ރަޖިސްޓްރީކޮށް ފީފާގެ ސިސްޓަމުގެ ތެރެއަށް ވަނުމެވެ.
"އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހަދަން ފުރުސަތު ދޭން ޖެހިއްޖެ ކަމުގައި އަތޮޅުތަކުން ދައްކައިފި،" އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ބުންޏެވެ.
ސަޕޯޓަރުން ނުވަނުމުގެ މައްސަލަ ރާއްޖޭގެ އިތުރުން އޭޝިއާގެ ގިނަ ގައުމުތަކުގައި ދިމާވި އެވެ. އޭގެ ތެރެއިން އެއް ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގެ ކުރީގެ މައި ލީގު ކަމަށްވާ އައި-ލީގު މެޗުތައް ބެލުމަށް މާގިނަ ބަޔަކު ނުވަދެ އެވެ. އެކަމަކު އެ ގައުމުން އަލަށް ފެށި ސުޕަ ލީގާ އެކު މަންޒަރު ވަނީ ބަދަލުވެފަ އެވެ. ތަފާތަކަށްވީ ފޯމެޓަށް ގެނައި ބަދަލެވެ. އެހެންކަމުން ރާއްޖެ ވެސް އެފަދަ ބަދަލަކާ ދިމާލަށް ދާން އެބަޖެހެ އެވެ.
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އަޑިއަޅާލަމުން ދިޔަ ފުޓްބޯޅަ ބަދަލުކޮށްލި ދެ ކޯޗުން
އޭދަފުށީ ޓީމަށް އެ ރަށުން ރަތްދޫލައިގެ މަރުހަބާއެއް
ގަވީ އާއި ޔަމާލްގެ ލަނޑުތަކުން ބާސާ ފައިނަލަށް
ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަނީ
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
އިޓަލީގެ ކުރީގެ ފޯވާޑް ޑިވާއިއޯގެ މެޗެއް މީދޫގައި