Roadha Mihaaru

ސީ ގިއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ

ސީ ގިއާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" ފަށައިފި އެވެ.

ސީ ގިއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

22 ޑިސެމްބަރ 2024

ސީ ގިއާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" ފަށައިފި އެވެ.

މި ސޭލްގައި އެ ތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި އަހަރުގެ ސޭލްގައި މެރިން ސަޕްލައި، ވޯޓާ ސްޕޯޓްސް ގިއާ، ޑައިވިން އަދި ސުވިމިން އިކުއިޕްމަންޓާއި ލައިފްސްޓައިލް ޕްރޮޑަކްޓުތައް އަދި ފިޝިން ގިއާ އާއި ބޯޓިން އެސަސަރީޒްއިން ޑިސްކައުންޓު ލިބޭނެ އެވެ.

ސީގިއާ ފިހާރައިގައި ހުރި ހެދުންތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސީގިއާ ފިހާރައިގައި ހުރި ހެދުންތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސީ ގިއާއިން ބުނީ މި ޕްރޮމޯޝަނަކީ އެ ތަނުން ވިއްކާ ބޯޓް ކްލީނިން އެސަސަރީޒް އާއި އެންޓިފައުލިން ޕެއިންޓު، ލުބްރިކަންޓު އަދި ފެންޑާސް އާއި ނެވިގޭޝަން އިކުއިޕްމަންޓު ފަދަ އެކި ޕްރޮޑަކްޓުތައް ހެޔޮ އަގުތަކުގައި ގަންނަން ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ޕަމްޕާއި ބެޓެރީގެ އިތުރުން އެދެސިވްސް އަދި ފެބްރިކާއި ބޯޑް ސްޕޯޓްސް އިކުއިޕްމަންޓާއި ލައިފް ވެސްޓާއި ކަޔެކް ފަދަ އެކި ޕްރޮޑަކްޓުތައް ވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުންޏެވެ. އެ ފިހާރައިން ބުނީ މި ޕްރޮމޯޝަންގައި ޑައިވިން އަދި ސްނޯކްލިން ގިއާ ވެސް ރަނގަޅު އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ސީ ގިއާ ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސީ ގިއާ ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސީ ގިއާ އިން މޯމައި އަދި ހާލޭ ފަދަ ބްރޭންޑުތަކުގެ ޓީޝާޓާއި ސޯޓު އަދި ތޮފި އަދި ދަބަސް ވެސް ވިއްކަ އެވެ. އެ ތަނުން ވިއްކާ އެ ފަދަ އެކި ބްރޭންޑުތަކުގެ ލައިފްސްޓައިލް ޕްރޮޑަކްޓުތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

މި ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ސީ ގިއާގެ "އިޔާ އެންޑް ސޭލް" އަކީ އެ ފިހާރައިގެ ކަސްޓަމަރުންގެ މެދުގައި ކޮންމެ އަހަރަކުވެސް ހޫނު ތަރުހީބެއް ލިބޭ ޕްރޮމޯޝަނެކެވެ.