Roadha Mihaaru
ސީ ގިއާއަށް މަޝްހޫރު "ހާލޭ" ބްރޭންޑުގެ އުފެއްދުންތައް

ސީ ގިއާ އަށް މަޝްހޫރު "ހާލޭ" ބްރޭންޑުގެ އުފެއްދުންތައް

25 ޖުލައި 2024

މަޝްހޫރު ސާފިން އަދި ލައިފްސްޓައިލް ފެޝަން ބްރޭންޑް "ހާލޭ"ގެ އުފެއްދުންތައް ސީ ގިއާ އިން ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ސާފިން އަދި ލައިފްސްޓައިލް ފެޝަން ބްރޭންޑް "ހާލޭ"ގެ އުފެއްދުންތައް ސީ ގިއާ އިން ތައާރަފްކޮށްފި އެވެ.

ސީ ގިއާ އަށް ތައާރަފްކުރި "ހާލޭ"ބްރޭންޑުގެ ކަލެކްޝަނުގައި ބޯޑް ޝޯޓްސް، ސްވިމްވެއާ، ވެޓްސޫޓް އަދި ކެޝުއަލް ވެއާގެ ގިނަ ހެދުންތަކެއް ހިމެނޭ ކަމަށް އެ ފިހާރައިން ބުންޏެވެ. ސީ ގިއާ އަކީ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ސީ ގިއާގެ އޮފިޝަލަކު ބުނި ގޮތުގައި މި ބްރޭންޑު ތައާރަފްކުރީ މި ބްރޭންޑަކީ ރާއްޖޭގެ ސާފަރުންނާއި މޫދު ކުޅިވަރު ކުޅޭ ގިނަ ޒުވާނުންގެ މެދުގައި މަގުބޫލު ބްރޭންޑަކަށް ވުމުން، "ހާލޭ"ގެ އޮރިޖިނަލް، އޮތެންޓިކް އައިޓަމްތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

އަދި ސީ ގިއާ އަކީ ސާފިން އާއި ވޯޓާ ސްޕޯޓްސް ކޮމިއުނިޓީއަށް ބޭނުންވާ ފަދަ އެކި ބްރޭންޑުތައް ގެނެސްދިނުމަށް މަސައްކަތް ކުރާ ފިހާރައެއް ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން، އަދި މި ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ މަޝްހޫރު އޮރިޖިނަލް ބްރޭންޑުތަކަށް ލޯބިކުރާ ފަރާތްތަކަށް ހާލޭގެ އުފެންދުންތައް ފަސޭހައިން ލިބިގެންދާނެ،" އޭނާ ބުންޏެވެ.

"ހާލޭ" އަކީ 1999 ވަނަ އަހަރުން ފެށިގެން ސާފިން އާއި ލައިފްސްޓައިލް ފެޝަން އުފެއްދުމުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުން ސާފިން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، ބްރޭންޑުގެ އުފެއްދުންތަކަކީ ސާފްކުރުމަށް ލިބެން ހުރި އެންމެ އިނޮވޭޓިވް، ކޮލިޓީ އަދި ޕާފޯމަންސް އަށް އެންމެ ރަނގަޅު އެއް ބްރޭންޑެވެ.

ސީ ގިއާ ގައި "ހާލޭ"ގެ އިތުރުން ސާފިން އާއި ލައިފް ސްޓައިލް ފެޝަންގެ އެހެން ބްރޭންޑުތަކުގެ ގިނަ ޕްރޮޑަކްޓުތައް ހުރެ އެވެ.