Roadha Mihaaru
ސީ ގިއާގައި މަސްވެރިންނާއި އޮޑިވެރިންނަށް ޕްރޮމޯޝަނެއް

ސީ ގިއާގައި މަސްވެރިންނާއި އޮޑިވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް

08 ސެޕްޓެމްބަރ 2024

މަސްވެރިންނާއި އޮޑިވެރިންނަށް ހާއްސަކޮށް ސީ ގިއާގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަސްވެރިންނާއި އޮޑިވެރިންނަށް ހާއްސަކޮށް ސީ ގިއާގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި އެމަށް ފައިބަން ބޭނުންކުރާ ޑައިވް ބީސީޑީ އާއި ރެގިއުލޭޓަރާއި ފީނުމަށް ބޭނުންކުރާ ފިންސް އަދި މާސްކް އަގުހެޔޮކޮށް ލިބޭނެ އެވެ. އަދި އަޑީތެޔޮ، ޑީސަލް ފިލްޓަރު، ލައިފް ޖެކެޓް، ލައިފް ރިންގް އަދި މަސްވެރިންގެ ރޭޝްގާޑުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.

ސީ ގިއާގައި ވިއްކާ ބައެއް ޕްރޮޑަކްޓުތައް.

ސީ ގިއާގައި ވިއްކާ ބައެއް ޕްރޮޑަކްޓުތައް.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގިނަ ޕްރޮޑަކްޓުތަކަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެކަމަށް ސީ ގިއާއިން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ބޭނުމަކީ ފެންވަރު ރަނގަޅު ކޮލިޓީ އުފެއްދުންތައް ހެޔޮއަގެއްގައި މަސްވެރިންނާއި އޮޑިވެރިން އަޖުމަ ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސީގިއާއިން ބުންޏެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ކަނޑު އުޅަނދުތަކުގެ ރައްކާތެރިކަމާ ބެހޭ ސާމާނު ހެޔޮ އަގުގައި މި ޕްރޮމޯޝަނުން ލިބެން ހުރިކަން ވެސް ފާހަގަކުރި އެވެ.

ސީގިއާއިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް.

ސީގިއާއިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް.

ސީ ގިއާ އިން 1،000ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބޯޓާ ހިސާބަށް ޑެލިވަރީ ވެސް ކޮށްދެ އެވެ.

ސީ ގިއާ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން ސާމާނު ވިއްކާ ފިހާރައެކެވެ. މި ތަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ.