Roadha Mihaaru
ސީގިއާ އީދު ސޭލް: 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

"ސީގިއަ އީދު ސޭލް" ގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!

31 މާޗް 2024

ސީ ގިއާއިން ކޮންމެ އަހަރަކު ވެސް އީދާ ދިމާކޮށް ކުރިއަށް ބާއްވާ "އީދު ސޭލް" ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސީ ގިއާއިން ކޮންމެ އަހަރަކު ވެސް އީދާ ދިމާކޮށް ކުރިއަށް ބާއްވާ "އީދު ސޭލް" ފަށައިފި އެވެ.

މި ސޭލްގައި މި އަހަރު އެ ތަނުން ވިއްކާ އެކި ޕްރޮޑަކްޓުތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ހުންނަ ކައިޓް ސާފިން، ވިންގް ސާފިން، އަދި ފޮއިލްބޯޑިންއަށް ބޭނުންވާ ގިއާ އާއި އެކި ޕްރޮޑަކްޓުތަކުން ވަރަށް ބޮޑު ޑިސްކައުންޓް ލިބޭނެ އެވެ.

މޫދަށް އެރޭނެ ރޭޝްގާޑް، ސްވިމިންސޫޓް، ޓީޝާޓް، ސޯޓު އަދި ކުޑަކުދިންގެ މޫދު ކުޅިވާރާ ބެހޭ ގިނަ ޕްރޮޑަކްޓުތައް ވެސް މި ޕްރޮމޯޝަންގައި ވަނީ އަގު ހޮޔެކޮށްފަ އެވެ.

މޫދު ކުޅިވަރަށް ހާއްސަ ގިނަ ޕްރޮޑަކްޓުތައް ވިއްކާ މި ފިހާރައިގެ އީދު ސޭލްގައި، ރާޅާ އަޅާ ބޯޑާއި އޮނީލް އަވިއައިނު އަދި ފީލްފްރީ ވޯޓަ ޕްރޫފް ބެކްޕެކާއި ޑްރައި ޓިއުބްސް ފަދަ، އެ ތަނުން ވިއްކާ އެކި ޕްރޮޑަކްޓުތަކުން ވެސް ޑިސްކައުންޓް ދޭނެ އެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި، 500ރ. އިން މަތީ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ހުށަހަޅާފައި ވަނީ "އިންސްޓަ360" ކެމެރާއެކެވެ.

"ސީ ގިއާ" ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓްތައް.

"ސީ ގިއާ" ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓްތައް.

ސީ ގިއާ އިން މޯމައި އަދި ހާލޭ ފަދަ ބްރޭންޑުތަކުގެ ޓީޝާޓާއި ސޯޓު އަދި ތޮފި ވެސް ވިއްކަ އެވެ. މި ތަނުން ކޮންމެ އަހަރަކު ވެސް ބާއްވާ އީދު ސޭލަކީ އީދަށް ގިނަ ދިވެހިންގެ މެދުގައި މަގުބޫލު މޫދުކުޅިވަރުތަކަށް ބޭނުންވާ އެންމެ ކޮލިޓީ ސާމާނު ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ނޯޓު: މިއީ ސީ ގިއާގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.