12 ޑިސެމްބަރ 2024
ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލެ 1 އިން އެފްއޭއެމަށް ދޫކުރި ބިމަށް ކުލި ނުދައްކާތީ އެޗްޑީސީން އަތުލި ބިމާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އެކަމެއް ހުށަހަޅަން އެ ކުންފުނިން ހުޅުވާލައިފި އެވެ.
ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލެ 1 އިން އެފްއޭއެމަށް ދޫކުރި ބިމަށް ކުލި ނުދައްކާތީ އެޗްޑީސީން އަތުލި ބިމާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އެކަމެއް ހުށަހަޅަން އެ ކުންފުނިން ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެފްއޭއެމްއަށް ދިން ބިމާ ގުޅޭ ޝަކުވާއެއް އޮތް ނަމަ އެކަމާ ގުޅޭ ލިޔުންތަކާ އެކު އެ ކުންފުންޏަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި މި މަހުގެ 31 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ބޯޑިން ސްކޫލެއް ގޮތަށް ފުޓްބޯޅަ އަށް ހާއްސަ ސްކޫލެއް ހެދުމަށް އެފްއޭއެމުން ބިން ހޯދައި އެކޮމެޑޭޝަން އިމާރާތެއް އެ ތަނުގައި ހެދި އެވެ. "ގައުމީ ފުޓްބޯޅަ ސްކޫލްގެ ނަމުގައި" އެ ތަން ހިންގަން އެއްބަސްވުމެއް ހެދީ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާ އެކު 2021 ގަ އެވެ.
އެކަމަކު، ފުޓުބޯޅަ ސްކޫލާ ގުޅޭ އެއްވެސް ކަމެއް ނުކޮށް، ފަހުން ފެނުނީ އެ ބިމުގެ ބައެއް ތަންތަން ވިޔަފާރިތަކަށް ކުއްޔަށް ދޫކުރި ތަނެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެ ހުރެ މިދިޔަ އަހަރުތަކުގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން، އެ އިދާރާގެ ކަންކަން ބޮއްސުންލައިގެން ދިއުމުން އެ ތަން ހަމަޔަކަށް އަޅުވަން ފީފާ އިން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީން ބުނެފައިވާ ގޮތުގައި އެ ބިމުގެ ކުލީގެ ގޮތުގައި 8 މިލިއަން ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.
ބައްސާމްގެ ލީޑަޝިޕްގައި ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް ވަނީ އެތައް ބަޔަކަށް ބޮޑެތި އަދަދުތަކުން ދަރައިފަ އެވެ. ބައެއް މައްސަލަތައް ޝަރުއީ މަރުހަލާ އަށް ވެއްދުމުން ފައިސާ ދައްކަން އަންގައި އެފްއޭމްގެ މައްޗަށް ހުކުމްތައް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު، އެ ކުންފުނީގެ އެއްވެސް އެކައުންޓެއްގައި މިހާރު ފައިސާއެއް ނެތެވެ.
ފައިސާ ނުދެއްކުމުން ފުޓުބޯޅަސްކޫލް ބިން ވެސް އަތުލައިފި
އެފްއޭއެމަށް އެހެން ބަޔަކަށް ބިން ކުއްޔަކަށް ނުދެވޭނެ
އެޕޯލޯއަށް ބިން ދޫކުރެވޭ ގޮތަށް އެއްބަސްވުމަށް ބަދަލެއް
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ
އެޗްޑީސީ އަށް ކުންފުނިތަކުން ނުލިބި 1.2 ބިލިއަން!