03 ޑިސެމްބަރ 2024
ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަދާއީ ސަލާންކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަދާއީ ސަލާންކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންގެ ތިން އަހަރުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ.
ރައީސް އޮފީހުން ބުނީ ސަފީރު ވަންގް ލިޒިން އަނބުރާ ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި ސަފީރު ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގައި ޗައިނާ އިން މުހިންމު ދައުރެއް އަދާކުރާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަދާއީ ސަލާންކުރެއްވުމަށް ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ސަފީރު ވަނީ ރައީސް އާއި ދިވެހި ސަރުކާރުން އޭނާއަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވައިފަ އެވެ. މި ސަރުކާރުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކުރައްވައި، މަރުހަބާ ދެންނެވި އެވެ. އަދި ދެ ގައުމުގެ ގާތް ގުޅުން ހަރުދަނާ ގޮތެއްގައި ދަމަހައްޓަމުން އަންނާތީ އެކަމަށް ސަފީރު ތައުރީފުކުރެއްވި އެވެ.
"އެ ބައްދަލުވުން ނިންމާލީ ޗައިނާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކާއި އަދި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު،" ރައީސް އޮފީހުން ބުންޏެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ވަންގް ލިޒިން ވަޑައިގަތީ ސެޕްޓެމްބަރު 6، 2021 ގަ އެވެ.
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ރައީސަށް ޗައިނާ އިން ރަތްދޫލައިގެ މަރުހަބާއެއް
ޗައިނާގެ ސަފީރު، ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި
ޗައިނާގެ އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް
ބްރިޖަކީ ދެ ގައުމުގެ އިތުބާރުގެ ރަމްޒެއް: ރައީސް
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!