ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި "ބާސެލޯ ނަސަންދުރާ މާލެ" ގެ ނަމުގައި ހެދި ފައިވް ސްޓާ ފެންވަރުގެ ހޮޓާ ހުޅުވުމުގެ ތައްޔާރީތައް ފަށައިފި އެވެ.
03 ޑިސެމްބަރ 2024
ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި "ބާސެލޯ ނަސަންދުރާ މާލެ" ގެ ނަމުގައި ހެދި ފައިވް ސްޓާ ފެންވަރުގެ ހޮޓާ ހުޅުވުމުގެ ތައްޔާރީތައް ފަށައިފި އެވެ.
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޭދަކުރި އެ ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމެންޓް ހުންނާނެ އެވެ. ފަސް ތަރީގެ އެ ހޮޓާ ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ބާސެލޯ އިން އަންނަނީ ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގަމުންނެވެ.
ނަސަންދުރާ ޓެރެސް އޭރިއާ --
ނަސަންދުރާ ހޮޓާ އެންމެ ފުރަތަމަ ހުޅުވައިލީ، މީހުން ދިރިއުޅުމަށް ބައެއް އެޕާޓްމެންޓްތައް ވިއްކުމަށެވެ. ނަމަވެސް، މިހާރު ހުރިހާ އެޕާޓްމެންޓެއް ވެސް ދުވަހު ރޭޓުގައި ދޭން ވަނީ ނިންމައިފަ އެވެ.
ދެ އިމާރާތަކަށްވާ ގޮތަށް ހަދާފައިވާ އެ ހޮޓާ އެންމެ ފުރަތަމަ ހުޅުވަން އޮތީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް، ކުރަން ހުރި ބައެއް ކުދި ކުދި މަސައްކަތާ ހެދި، އެ ދުވަހު ހުޅުވުން ފަސް ކުރީ އެވެ. އެ ހޮޓާ ރަސްމީކޮށް ޓޫރިސްޓުންނަށް ހުޅުވައިލާނެ ސީދާ ދުވަހެއް އަދި ނުބުނެ އެވެ.
ދެ އިމާރާތަކަށް ވާ ގޮތަށް ހަދާފައިވާ އެ އިމާރާތުގެ 16 ފްލޯ ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބާސެލޯ ނަސަންދުރާ މާލެ ހުޅުވުމުން އެތަން ވާނީ، މާލެ ސަރަހައްދުގެ އެންމެ ބޮޑު ހޮޓަލަށެވެ.
އެ ހޮޓަލަކީ ދިވެހި އަދި ލަންކާ ބައެއްގެ ހިއްސާ އޮންނަ އެންޕީއެޗް ކުންފުނީގެ ތަނެކެވެ. އެ ކުންފުނިން އަންނަނީ ބާސެލޯ ވޭލް ލެގޫން ރިސޯޓު ވެސް ހިންގަމުންނެވެ.
އެ ހޮޓަލުގެ ރެސްޓޯރެންޓެއްގެ ކުރެހުން --
"ނަސަންދުރަ މައްސަލައަށް ގޮތެއްނިންމުމަށް ފޮނުވައިފިން"
ފަސްތަރީގެ "ބާސެލޯ ނަސަންދުރާ" ހުޅުވައިފި
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ޕާސްޕޯޓު މަނާކުރުމުން ޓޫރިޒަމަށް ގެއްލުމެއް ނެތް:ތޯރިގް
އިންޑިއާ ކްރިކެޓް ކްލަބުގެ އެއްބަސްވުން މަޑުޖެހިއްޖެ
ރޯޒްމަންޑް ތިންވަނަ ފަހަރަށް ރާއްޖެއަށް
ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ދެގުނަ އިތުރު
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި