26 ނޮވެމްބަރ 2024
ފަރެސްމާތޮޑާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ގަލޮޅު ދަނޑުގައި ދ. ކުޑަހުވަދޫން 15 މެޗަށް ފަހު މޮޅެއް ހޯދައިފި އެވެ.
ފަރެސްމާތޮޑާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ގަލޮޅު ދަނޑުގައި ދ. ކުޑަހުވަދޫން 15 މެޗަށް ފަހު މޮޅެއް ހޯދައިފި އެވެ.
ގޯލްޑް ކަޕްގެ ގުރޫޕް އޭ ގައި މިއަދު، އެ ދެ ޓީމު ކުޅުނު މެޗަށް ނުކުތް އިރު، ދެ ޓީމު ވެސް އޮތީ ކުރިން ކުޅުނު މެޗުން ބަލިވެފަ އެވެ. ފަރެސްމާތޮޑާ ބަލިވީ ދ. މީދޫ އަތުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކުޑަހުވަދޫ ބަލިވީ ފުވައްމުލައް އަތުންނެވެ.
އެ މެޗަކީ މޮޅެއް ނުލިބި ކުޑަހުވަދޫން ވިދިވިދިގެން ގަލޮޅު ދަނޑުގައި ކުޅުނު 15 ވަނަ މެޗެވެ. މީގެ ކުރިން ގަލޮޅު ދަނޑުގައި ކުޑަހުވަދޫ މެޗަކުން މޮޅުވީ 2017 ގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލު މެޗުގަ އެވެ. އޭރު ބޭއްވި އެ މުބާރާތް އެ އަހަރު ކުޑަހުވަދޫ ކާމިޔާބު ކުރީ ގދ. ތިނަދޫ ބަލި ކުރުމަށް ފަހު އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުން އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ކުޑަހުވަދޫ ވާދަ ކުރި އެވެ. އެކަމަކު ލީގުގެ ދެ ބުރުގައި ކުޅުނު 14 މެޗުން ވެސް އެ ޓީމު މޮޅެއް ނުވި އެވެ. ހަތަރު މެޗުން އެއްވަރުވި އިރު 11 މެޗުން ބަލިވި އެވެ.
މިއަދު ގޯލްޑް ކަޕްގައި ކުޅުނު މެޗުގައި ކުޑަހުވަދޫ ޓީމުގެ މުހައްމަދު ޒިހާން ހަސަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފު ފެށި ގޮތަށް އޭނާ އެ ޓީމަށް ލީޑް ނަގައި ދިނެވެ. މެޗުގެ 63 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ފުޅާ ކުރީ ވެސް އޭނާ އެވެ.
އެ ޓީމުގެ ތިންވަނަ ލަނޑަކީ ފަރެސްމާތޮޑާގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޒިހާން ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ވަނީ ބައިކޮޅަށެވެ.
ހައިޝަމްގެ ހެޓްރިކުން ދިއްދުއަށް ގުރޫޕްގެ ދެވަނަ!
ކުޑަހުވަދޫ ބަލިކޮށް މީދޫން، ދިއްދުއާ އެކު ދެވަނަބުރަށް
އަހްޒަމްގެ ހެޓްރިކުން ދިއްދޫން ގުރޫޕް ވާދަވެރިކޮށްލައިފި
ކުޑަހުވަދުއަށް ދެ ރަތްކާޑް ފުވައްމުލަކަށް ތިން ޕޮއިންޓް
ފުޓްބޯޅަ ސަލާމަތް ކުރަށް ކުޑަހުވަދޫ ގޯލްޑް ކަޕަށް،
ގޯލްޑް ކަޕް ހުޅުވައި ދޭނީ ފުވައްމުލަކާއި ކުޑަހުވަދޫ
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
ނައިފަރު ދެއްކީ ހިތްވަރު، ކުއާޓާއިން ޖާގަ ހޯދައިފި
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ގުރައިދޫގެ ދެބަފައިން؛ ފުޓްބޯޅައިގެ މާޒީ އާއި ކުރިމަގު