01 ޑިސެމްބަރ 2024
އުމުރުން 17 އަހަރުގެ އަހްޒަމް ރަޝީދު ކާމިޔާބު ކުރި ހެޓްރިކުން ހއ. ދިއްދޫ ޓީމުން، 6-2 ން ދ. ކުޑަހުވަދޫ ބަލިކޮށް ގުރޫޕް އޭ ގެ ރޭސް ވާދަވެރިކޮށްލައިފި އެވެ.
އުމުރުން 17 އަހަރުގެ އަހްޒަމް ރަޝީދު ކާމިޔާބު ކުރި ހެޓްރިކުން ހއ. ދިއްދޫ ޓީމުން، 6-2 ން ދ. ކުޑަހުވަދޫ ބަލިކޮށް ގުރޫޕް އޭ ގެ ރޭސް ވާދަވެރިކޮށްލައިފި އެވެ.
މެޗަށް ނުކުތް އިރު އެ ގުރޫޕްގައި ޕޮއިންޓެއް ވެސް ނުލިބި އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ދިއްދޫ އެވެ. އެކަމަކު މިއަދު ކުޑަހުވަދޫގެ މައްޗަށް ހޯދި މޮޅާ އެކު ގުރޫޕްގެ ތިން ޓީމެއް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފަ އެވެ. ދިއްދޫ، ކުޑަހުވަދޫ ދ. މީދޫ އަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މިއަދު ޖެހި ހަ ލަނޑާއި ބައިކޮޅަށް ވަން ދެ ލަނޑާ އެކު، ފައިދާ ގޯލެއް އަދި ގެއްލުން ގޯލެއް ވެސް ދިއްދުއަށް މިހާރު ނެތެވެ. އެކަމަކު ތިން ޕޮއިންޓްގައި އިޮތް ދ. އަތޮޅުގެ ދެ ޓީމަށް ގެއްލުން ގޯލް އެބަހުއްޓެވެ. މީދުއަށް އޮތީ ގެއްލުން އެއް ގޯލެވެ. ކުޑަހުވަދުއަށް މިހާރު ގެއްލުން ތިން ގޯލް އެބައޮތެވެ.
މެޗުގައި މުހިންމު ދައުރެއް އަދާކުރީ ރާއްޖޭގެ 19 އަހަރުންދަށުގެ ޓީމަށް ވެސް ކުޅޭ، އަހްޒަމް އެވެ. އަމިއްލަ ރަށު ޓީމު މޮޅުކޮށްދޭން އޭނާ ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ކުޅެން ނުކުތްތާ މިނެޓެއް ނުވަނީސް އޭނާ ވަނީ ދިއްދުއަށް ލަނޑު ޖަހައި ދީފަ އެވެ. އޭނާ ކުޅެން ނުކުތީ އޭގެ ކުރިން ދެ ލަނޑު ޖެހި އަލީ ފަރީދުގެ ބަދަލުގައި މެޗުގެ 66 ވަނަ މިނެޓްގަ އެވެ.
އަހްޒަމްގެ ފުރަތަމަ ލަނޑު އޭނާ ޖެހީ 67 ވަނަ މިނެޓްގަ އެވެ. ދިއްދޫގެ ފަހު ތިން ލަނޑު ޖަހައި އޭނާ ހެޓްރިކް ފުރިހަމަ ކުރި އެވެ.
މެޗުގެ ފުރަތަމަ ލަނޑު ދިއްދުއަށް ޖަހައި ދިނީ އޭނާ ލަނޑު ޖެހީ 33 ވަނަ މިނެޓްގަ އެވެ. ދެވަނަ ލަނޑު އޭގެ 10 މިނެޓް ފަހުން ޖެހީ އާދަމް އާޒިމެވެ.
ދެވަނަ ހާފަށް ނުކުމެ ހަތްވަނަ މިނެޓްގެ ތެރޭގައި ފަރީދު ވަނީ، ދިއްދުއަށް ތިންވަނަ ލަނޑު ޖަހައި ދީފަ އެވެ.
ކުޑަހުވަދޫގެ ލަނޑުތައް ޖެހީ މުހައްމަދު ޒިހާން ހުސައިން އާއި ހާރޫން އިބްރާހިމެވެ.
ހައިޝަމްގެ ހެޓްރިކުން ދިއްދުއަށް ގުރޫޕްގެ ދެވަނަ!
ކުޑަހުވަދޫ ބަލިކޮށް މީދޫން، ދިއްދުއާ އެކު ދެވަނަބުރަށް
މީދުއާއި ދިއްދޫގެ އިންތިޒާރު ދިގުވެއްޖެ
ގަލޮޅު ދަނޑުގައި ކުޑަހުވަދޫ، 15 މެޗަށް ފަހު މޮޅެއް
ކުޑަހުވަދުއަށް ދެ ރަތްކާޑް ފުވައްމުލަކަށް ތިން ޕޮއިންޓް
ފުޓްބޯޅަ ސަލާމަތް ކުރަށް ކުޑަހުވަދޫ ގޯލްޑް ކަޕަށް،
ގޯލްޑް ކަޕް ހުޅުވައި ދޭނީ ފުވައްމުލަކާއި ކުޑަހުވަދޫ
4 ރަށެއްގައި ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި
ތިން ހޮސްޕިޓަލުގެ ޑިޒައިން އަލުން ހަދަނީ
ހިޔާގެ ކުދިން ރަށްރަށަށް: ކިހިނެއް ގެންނަ ބަދަލެއް؟