Roadha Mihaaru
އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް އިމާދު ސޯލިހް

އެންޑީއޭ އިން ވަކިކުރި އިމާދު ސޯލިހް އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް

26 ނޮވެމްބަރ 2024

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިމާދު ސޯލިހް، އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް އައްޔަން ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިމާދު ސޯލިހް، އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް އައްޔަން ކޮށްފި އެވެ.

އައްޑޫ ކައުންސިލުން ބުނީ އެ މަގާމަށް އޭނާ އައްޔަން ކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަނުކުރާ އެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު ޝުޖާއު އެވެ.

އެންޑީއޭގެ ސީއީއޯ މަގާމުގައި އިމާދު ހުންނެވީ ނޮވެމްބަރު 1، 2022 އިން ޖުލައި 3، 2024 އަށެވެ.

އެންޑީއޭގެ މެނޭޖްމަންޓް ބަދަލުވެ ބޭއްވި ފުރަތަމަ ބޯޑު ބައްދަލުވުމަށް ވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުން އިމާދު މަގާމުން ވަކިކުރީ އެސެސްމަންޓެއް ހެދުމަށް ފަހު އޭގެ ނަތީޖާއަށް ބަލައިފަ އެވެ.

ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބެ އެވެ.