ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 91 ކުންފުންޏަކުން 217 ބައިވެރިންނާ އެކު އިނގިރޭސި ވިލާތުގެ ލަންޑަންގައި އިއްޔެ ފަށައިފި އެވެ.
06 ނޮވެމްބަރ 2024
ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 91 ކުންފުންޏަކުން 217 ބައިވެރިންނާ އެކު އިނގިރޭސި ވިލާތުގެ ލަންޑަންގައި އިއްޔެ ފަށައިފި އެވެ.
އެމްއެމްޕީއާރްސީން ބުނީ، ޑަބްލިއުޓީއެމްގައި ރާއްޖެ ތަމްސީލުކުރަނީ 650 އަކަމީޓަރުގެ ތަނެއްގައި ކަމަށެވެ. އެ ޓްރެވަލް ފެއާގައި 55 ބީޓުބީ މީޓިން ޓޭބަލާއި 75 ކޯ އެގްޒިބިޓާ ކައުންޓަރާއި ތިން އިންޑަސްޓްރީ މީޓިން އޭރިއާއެއް ވަނީ ކަނޑައަޅާފަ އެވެ.
އެ ފެއާގައި އިނގިރޭސިވިލާތާއި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅިގެން، ވަން އޮން ވަން ބައްދަލުވުންތައް ބާއްވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމާއި، ވަކިވަކި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމަށް ސްޓޭކްހޯލްޑަރުންނަށް ޕްލެޓްފޯމެއް ލިބޭނެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް ވަނީ 145،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެއަށް ޓޫރިސްޓުން އައި އަދަދުގެ 8.6 ޕަސެންޓެވެ.
އެމްއެމްޕީއާރުސީން މި އަހަރު ވަނީ އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި "ޑިސްކަވާ މޯލްޑިވްސް" ވެބިނާ ސީރީޒް ފަދަ ހަރަކާތްތަކާއި ބޮޑެތި ޓްރެވަލް އޮޕަރޭޓަރުންނާ އެކު ބާއްވާފައިވާ ޖޮއިންޓް ޕްރޮމޯޝަންތައް ހިމެނެ އެވެ.
އިއްޔެ ފެށި ޑަބްލިއުޓީއެމް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
"މޯލްޑިވްސް އިންސައިޑާ"ގެ އާ އެޑިޝަނެއް ނެރެފި
ޑަބްލިއުޓީއެމްގައި ރާއްޖެ ދުނިޔެ އަށް ދައްކަނީ
ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ދެގުނަ އިތުރު
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ފީ ނުދައްކާ ޓޫރިސްޓުން ދިގުރަށުން ބޭލި މައްސަލަ ބަލަނީ
އަހަރުގެ މިހާތަނަށް ބައި މިލިއަން ޓޫރިސްޓުން އަތުވެއްޖެ
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ