އޭއެފްސީ ޗެލެންޖް ލީގުގެ ފަހު މެޗުގައި ކިރްގިސްތާންގެ އަބްދީޝް އަތަ ކަންޓް އަތުން 3-0 އިން ބަލިވެ، ގުރޫޕް ސްޓޭޖުގައި ޕޮއިންޓެއް ނުލިބި، މާޒިޔާ ސްޕޯޓްސް މުބާރާތް ނިންމާލައިފި އެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ފަހު މެޗުގައި ކިރްގިސްތާންގެ އަބްދީޝް އަތަ ކަންޓް އަތުން 3-0 އިން ބަލިވެ، ގުރޫޕް ސްޓޭޖުގައި ޕޮއިންޓެއް ނުލިބި، މާޒިޔާ ސްޕޯޓްސް މުބާރާތް ނިންމާލައިފި އެވެ.
ކުވެއިތުގައި ރޭ ކުޅުނު ގުރޫޕް ބީގެ ފަހު މެޗުގެ ނުވަވަނަ މިނިޓުގައި، ކިރްގިސްތާންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޒިރްގަލްބެކް އޫލޫ ވަނީ މާޒިޔާ ކޮޅަށް، އަބްދީޝް އަތަ ކަންޓްގެ ފުރަތަމަ ގޯލު ޖަހައިދީފަ އެވެ.
ފަހު ދެ ގޯލު ވެސް ޖެހީ ދެވަނަ ހާފުގައި ކުޅެން ނުކުތް ކުޅުންތެރިންނެވެ. އެގޮތުން ދެވަނަ ގޯލު، 64 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ އަޓޭ ދުމަޝޭވް އެވެ. އަދި ތިންވަނަ ލަނޑު އެމަނުއެލް ޔަގްރު ކާމިޔާބު ކޮށްދިނީ 81 ވަނަ މިނިޓުގަ އެވެ.
ގުރޫޕް ބީގައި ދެން ހިމެނޭ ކުވެއިތުގެ އަލް އަރަބީ އާއި ތުރުކުމެނިސްތާންގެ އަރްކަޑާގް ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކުރީ އަރަބީ އެވެ.
މިއާ އެކު އަރަބީ އާއި އަރްކަޑާގް އަދި އަބްދީޝް އަތަ ކަންޓް އަށް ވެސް ހަ ޕޮއިންޓް ލިބިފައިވެ އެވެ. ނަމަވެސް ގޯލުގެ ތަފާތުން، ކުއާޓާ ފައިނަލުގެ ފުރުސަތު ލިބުނީ ގުރޫޕްގެ އެއްވަނަ ލިބުނު އަރްކަޑާގް އާއި ދެވަނަ ހޯދި އަރަބީ އަށެވެ.
މިއީ އޭއެފްސީން ޗެލެންޖް ލީގު ބާއްވާ ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގެ އޭއެފްސީ ކަޕްގައި އަބްދީޝް އަތަ ކަންޓް ވަނީ ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ވާދަކޮށް އިންޓަ ޒޯން ޕްލޭއޮފް ފައިނަލް ކުޅެފަ އެވެ.
ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކަޓައިފި
މާޒިޔާ ލީޑު ނަގާފައިވަނިކޮށް ތުރުކުމެނިސްތާން ޓީމު ފަހަތުން އަރައި މޮޅުވެއްޖެ
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި
މާޒިޔާއަށް ތިން ލައްކަ ރުފިޔާ، އޮޑިއަށް 150،000
އުމުރު 16؛ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އެ ހޯދީ ރަންބޫޓު
މާޒިޔާ އިން ލީގު ކަޕުގެ ޗެމްޕިއަންކަން ހޯދައިފި
ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު އޮޑިއަށް
ލީގު ކަޕް ސެމީގައި މާޒިޔާ-ޓީސީ އަދި ނިއު-އޮޑި
މާޒިޔާ މަގާމް ދެމެހެއްޓިއިރު، ނިއު އަށް ފުރަތަމަ މޮޅު
ފުޓްބޯޅަ އެނބުރިއައުން؛ ގެންޖެހުންތަކާއި ހިތްހަމަޖެހުން