27 އޮކްޓޯބަރ 2024
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ވާދަކޮށް ތުރުކުމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގް ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ވާދަކޮށް ތުރުކުމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގް ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.
ކުވެއިތު ސިޓީގެ އަލް ކުވެއިތު ސްޕޯޓްސް ކްލަބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް މާޒިޔާ އިން ލީޑު ނެގީ، ފަލަސްތީނުގެ ގައުމީ ޓީމަށް ކުޅޭ ޗިލީއަށް އުފަން މިޑްފީލްޑަރު ޖޮނަތަން ކަންޓިލާނާ އެވެ.
އަރްކަޑާގް މޮޅުވީ ދެވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެގޮތުން އެއްވަރުކުރި ގޯލު 66 ވަނަ މިނިޓުގައި ޖެހީ ޑިޑާ ޑޫޑީއްޔޫ އެވެ. އޭގެ 10 މިނިޓު ފަހުން މޮޅުވި ލަނޑު ޖަހައިދިނީ ބެގެންކް އަކްމަންމެޑޯ އެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މިރޭގެ މޮޅަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އުފެދުނު އަރްކަޑާގް ޖެހިޖެހިގެން މޮޅުވި 58 ވަނަ މެޗެވެ. މިދިޔަ އަހަރުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ލީގާއި އެގައުމުގެ އެފްއޭ ކަޕް ކާމިޔާބު ކުރި އިރު، މިއަހަރު ލީގުގައި ބާކީ މެޗު އޮއްވައި އެޓީމުން ވަނީ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ. އަދި ކަޕް މުބާރާތުގެ ސެމީ ފައިނަލަށް ވެސް އެޓީމު އޮތީ ހޮވިފަ އެވެ.
އަރްކަޑާގް ޓީމުގައި މުޅިން ވެސް ތުރުކުމެނިސްތާނަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ އިރު، ރާއްޖޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު އަހަރު ހޯދާފައިވާ މާޒިޔާ ޓީމު ނުކުތީ ރާއްޖޭޣެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ އިތުރުން ބިދޭސީ ހަ ކުޅުންތެރިންނާވެސް އެކު އެވެ.
އޭޝިއާގެ ތިންވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ އާއި އަރްކަޑާގް އާއެކު ގުރޫޕް ބީގައި ދެން ހިމެނެނީ ކިރިގިސްތާންގެ އަބްދީޝް އަތަ ކަންޓް އާއި ކުވެއިތުގެ އަލް އަރަބީ އެވެ.
މި ގުރޫޕްގެ ފުރަތަމަ މެޗުގައި އަލް އަރަބީ ވަނީ 1-0 އިން އަބްދީޝް އަތަ ކަންޓް އަތުން ބަލިވެފަ އެވެ.
ކުވެއިތުގައި ސެންޓްރަލައިޒް ކޮށްގެން ކުރިއަށް ގެންދާ މި ގުރޫޕްގައި މާޒިޔާގެ ދެވަނަ މެޗުގައި އަންގާރަ ދުވަހުގެ ރޭ އަލް އަރަބީއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ފަހު މެޗުގައި އަބްދީޝް އަތަ ކަންޓްއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރެއެވެ.
ޕޮއިންޓެއްވެސް ނުލިބި މާޒިޔާއަށް ޗެލެންޖް ލީގް ނިމިއްޖެ
ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކަޓައިފި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
އޭއެފްސީ ޗެމްޕިއަންސް ލީގުން މޯހަން ބަގާން ބޭރުކޮށްފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ