ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް އެ މީހެއްގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ލިބޭނެ ހަގީގީ ކާމިޔާބީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
31 އޮކްޓޯބަރ 2024
ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް އެ މީހެއްގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ލިބޭނެ ހަގީގީ ކާމިޔާބީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ދިވެއްސަކު އަމިއްލަ ގޮތުން ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށް އެކަން ހުއްޓާލަން ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް އަންގާފައި ވަނިކޮށެވެ. އެއާ އެކު، އެންމެ ގިނަ ބަޔަކު ސުވާލު އުފެއްދީ، ފިރިހެނުންގެ ބޮޑީބިލްޑިން މުބާރާތް، މިސްޓަ މޯލްޑިވްސް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދޭ ސަބަބާ މެދުގަ އެވެ.
އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިރިހެނަކަށް ވިއަސް އަދި އަންހެނަކަށް ވިއަސް މާތްﷲ ރުހުވޮޑިގެން ނުވާ ގޮތަކަށް އެ މީހެއްގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ފައިދާއެއް ނެތް ކަމަށެވެ.
"މާތް ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!
— Dr Mohamed Muizzu (@MMuizzu) October 30, 2024
وَقُلْ جَاءَ الْحَقُّ وَزَهَقَ…
އެ އަށް ފަހު ރައީސް ވަނީ އިސްރާ ސޫރަތުގެ އާޔަތަކާ އެކު މާނަ ލިޔުއްވައިފަ އެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ހައްގު ތެދު ގޮތް އަތުވެއްޖެ އެވެ. އަދި ބާތިލު ގޮތް ނެތި ފިލައިހިނގައްޖެ އެވެ. ހަމަކަށަވަރުން، ބާތިލަކީ ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައިވި އެވެ،" އޭގެ މާނައިގައި ވެ އެވެ.
ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެއްސަކު ބައިވެރިވަނީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ބުނިގޮތުގައި، ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ މުބާރާތްތައް ބޭއްވުމާއި އެކިއެކި ފަރާތްތަކުން ބާއްވާ އެ ކަހަލަ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫނެވެ.
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިލްމުވެރިން ފަރުވާކުޑަކޮށްފިނަމަ ގައުމު ދާނީ ފަހަތަށް
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
މަޖީދިއްޔާއަކީ ރާއްޖޭގެ "އިލްމީ ބަގީޗާ": ރައީސް
ސައީދުގެ ރައްދު: ހަމައިން ނެއްޓުމަކުން މޮޅެއް ނެތް!
2007 ވަނަ އަހަރަށް ނިންމީ ރަނގަޅަށް ތަންފީޒުކުރަން
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
ޓިކްޓޮކްގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި