23 އޮކްޓޯބަރ 2024
ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެން ކްލަބް ވެމްކޯ އިން ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެން ކްލަބް ވެމްކޯ އިން ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-17، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އާއިޝަތު މާޖިދާ އެވެ.
ގައުމީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ 3-1 ސެޓުން ހިންމަފުށި ވިކްޓޯރިއަސް ބަލިކޮށްފަ އެވެ.
ޔޫތު ނިއު ޖެނެރޭޝަނުން މެޗުގެ ސެޓްތަައް ގެންދިޔައީ 25-13، 25-17، 20-25 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ވިޕާދާ މިންކްވާން އެވެ.
ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ އަށް ފައިނަލްގެ ސީދާ ޖާގައެއް ލިބިފައި ވާއިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ ފައިނަލްގެ ފަހު ޖާގަ ލިބޭނީ، މިރޭ 8:30 ގައި ޔޫތު ނިއު ޖެނެރޭޝަނާއި ޕޮލިސް ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.
ވެމްކޯ ވަނީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަދި ހަ އަހަރަށް ފަހު މިއަހަރު ބޭއްވި އަންހެން ގައުމީ ލީގު ކާމިޔާބު ކުރުމުގެ އިތުރުން، އެންމެ ފަހުން އެސޯސިއޭޝަން ކަޕް ބޭއްވި ހަތަރު ފަހަރު ވެސް ވެމްކޯ ވަނީ ޕޮލިސް ބަލިކޮށް ތަށި ހޯދައިފަ އެވެ.
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ދުވަސްތަކަކަށް ފަހު ގައުމީ ޗެމްޕިއަންކަން ސިފައިންނަށް
އަންހެން ވޮލީގެ ތާޖު ވެމްކޯ އަށް، ތަރިއަކީ މާޖިދާ
ވެމްކޯ ވިދިވިދިގެން ތިންވަނަ ގައުމީ ފައިނަލަށް
އާބަންކޯ ގައުމީ ފައިނަލަށް، ސިޓީ އަށް ތިންވަނަ
ސިފައިން ފައިނަލަށް، ފަހު ސެމީގައި ސިޓީ އާއި އާބަންކޯ
ފަހަތުން އަރައި މޮޅުވެ ޕޮލިސް ފައިނަލަށް
ސެމީގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަށް
ކްލަބް ވޮލީބޯލް ބަލިކޮށް ޗެމްޕިއަންކަން ވެމްކޯ އަށް