04 މާޗް 2017
ރާއްޖޭގައި ފުޅާދާއިރާއެއްްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒަށް މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި ތިން ދޯނި ހޮވައި، އެ ދޯނިތަކަށް ފައިސާގެ އިނާމާއި އެވޯޑު މިއަދު ދީފި އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒަށް މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި ތިން ދޯނި ހޮވައި، އެ ދޯނިތަކަށް ފައިސާގެ އިނާމާއި އެވޯޑު މިއަދު ދީފި އެވެ.
ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ފެކްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެންސިސް އަށް މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި އދ. މަހިބަދޫ "ހެދޭކުރި1" އަށް 20،000ރ. އާއި ހަނދާނީ ލިޔުމާއި އެވޯޑު ހަވާލުކޮށްދެއްވީ ފިޝަމަން އެސޯސިއޭޝަންގެ ރައީސް މައިޒާން އަހުމަދު މަނިކު އެވެ. އަދި މިދިޔަ އަހަރުގެ އޭ ގްރޭޑްގެ ކަންނެލި އެންމެ ގިނަ އަދަދަކަށް ކިރުވި ދޯންޏަކަށް ވެސް ހޮވުނީ އެ ދޯންޏެވެ.
އެންސިސް އަށް މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނައިން މަސްކިރުވި ޅ. ނައިފަރު، ޒިކުރާ ދޯންޏަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަސީމް މިއަދު އެވޯޑު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މިދިޔަ އަހަރު ދެވަނަ އަށް ހޮވުނު ޅ. ނައިފަރު ޒިކުރާ ދޯންޏަށް 10،000ރ. އާއި ހަނދާނީ ލިޔުމާއި އެވޯޑު ހަވާލުކޮށްދެއްވީ އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އެވެ. ތިންވަނަ ހޯދި ދ. މީދޫ ހާސް ރޯދި ދޯންޏަށް 7،500ރ.ގެ ފައިސާ އިނާމާއި ސެޓްފިކެޓް އަދި އެވޯޑް ހަވާލުކޮށްދެއްވީ އެންސިސްގެ ޑިރެކްޓަރު އަބްދުލް ވާހިދެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު ވަސީމް ވިދާޅުވީ މަސްވެރިންނާއި އެ ކުންފުންޏާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އޭގެ ސަބަބުން މިދިޔަ އަހަރު ވަރަށް ބޮޑުކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންސިސް އަށް މިދިޔަ އަހަރު ތިންވަނަ އަށް އެންމެ ގިނައިން މަސްކިރުވި ދ. މީދޫ، ހާސް ރޯދި ދޯންޏަށް އެންސިސްގެ ޑިރެކްޓަރު ވާހިދު މިއަދު އެވޯޑު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް އަބަދުވެސް މިދަނީ މަސައްކަތްކުރަމުން. ތާޒާ މަސް މެދުނުކެނޑި ލިބޭ ނަމަ އަޅުގަނޑުމެންނަށް ކިލޯއެއް 100 ރުފިޔާއަށް ވެސް ގަނެވިދާނެ. އެހެން ނަމަވެސް ރޯދަ މަހު ވެސް މަސް ނުލިބިގެން އެކްސްޕޯޓްނުކުރެވި އެބަދޭ،" ވަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތާޒާ މަސް މެދުނުކެނޑި ލިބޭނެ ނަމަ ކުރިޔަށް އޮތްތަނުގައި މަސް ގަންނަ އަގު ބޮޑުކުރާނެ ކަމަށެވެ.
އިތުރު މަސް ފެކްޓްރީތަކާ އެކު ކެޕޭސިޓީ 250 ޓަނަށް
ފުލް ކެޕޭސިޓީގައި މިދަނީ މަސް ގަންނަމުން: އެންސިސް
ކަނޑުއޮތްގިރީގައި މަސް ބަންދުކުރަން ހުޅުވައިލަނީ
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަކުރަނީ