08 ސެޕްޓެމްބަރ 2020
މީގެ ހަތަރު އަހަރު ކުރިން ފެށިގެން މަސްކިރުން ހުއްޓާލާފައިވާ ކަނޑުއޮތްގިރީގައި ފަރުމަސް ބަންދުކޮށްގެން އެކްސްޕޯޓް ކުރުމުގެ ފުރުސަަތު އާއްމުންނަަށް ހުޅުވައިލަން މަސައްކަތްކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ފެށިގެން މަސްކިރުން ހުއްޓާލާފައިވާ ކަނޑުއޮތްގިރީގައި ފަރުމަސް ބަންދުކޮށްގެން އެކްސްޕޯޓް ކުރުމުގެ ފުރުސަަތު އާއްމުންނަަށް ހުޅުވައިލަން މަސައްކަތްކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މެމްބަރުން އިއްޔެ ކަނޑުއޮތްގިިރި އަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި، މިފްކޯ އާއި އެސްޓީއޯގެ އިސް ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ "މިހާރު" އަށް ވިދާޅުވީ ކަނޑުއޮތްގިރި ބޭނުންކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ޓަކައި ކުރަން ޖެހޭ މަސަައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"އެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މި އަންނަނީ. ދެން ޕޭރެންޓް ކުންފުންޏާ ވެސް [އެސްޓީއޯއާ ވެސް] އަދި ބައެއް މަޝްވަރާތައް ކުރަން ޖެހޭ. ވަރަށް އަވަހަށް އިއުލާނުކުރަން އަޅުގަނޑުމެން އުއްމީދުކުރަނީ،" ފައުޒީ ވިދާޅުވި އެވެ.
މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދުދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ކަނޑުއޮތް ގިރީގެ ހާލަތު ބަލަން ކޮމިޓީން ބޭނުންވީ ރާއްޖޭގެ އިގުތިސާދު ހީނަރުވެފައިވާ މިދަނޑިވަޅު އިގުތިސާދީ ވީހާ ވެސް ގިނަ ހަަރަކާތްތައް އިތުރުކުރެވޭތޯ، އެ ފެސިލިޓީ ވެސް އަލުން އޮޕަރޭޝަނަށް ގެންނަން ބާރު އެޅުމަށް ކަަމަށެވެ.
"ހަމައެކަނި މައްސަލަައަކަށް އޮތީ ބަނދަރުގެ ކުޑަކަން. އެކަމަކު ފަރުމަހަށްދާ ކުދި އުޅަނދުތައް ވަދެ ނުކުމެވާކަށް ދަތިވާނެ ކަަމަކަށް ނުފެނޭ. އެހެންވެ އަޅުގަނޑުމެން މަޝްވަރާކުރީ ފަރުމަސް ބަންދުކޮށްގެން އެކްސްޕޯޓްކުރުން ފަދަ މަސައްކަތްތައް މި ވަގުތު ވެސް އެތަނުގައި ފަށަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އިގުތިސާދަށް ބޮޑެތި ގެއްލުންތައް ވަމުން ދާއިރު އެއީ ވެސް އާމްދަނީ އެއް ހޯދިދާނެ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޔޫރަޕްގެ ބާޒާރަށް ރާއްޖޭން ފަރުމަސް އެކްސްޕޯޓްކުރުން އެކި ސަބަބުތަކާ ހެދި ހުއްޓިފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެކަމަށް ހޯދަން ޖެހޭ ބައެއް ހުއްދަތައް ހޯދައިދޭން ވެސް މަޖިލީހުން މަސައްކަތް ކުރާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
މަހުގެ އަގު ދަށްކުރަން މަޝްވަރާ ކުރަނީ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
ނޫނެކެވެ، ހައްލަކީ މިފްކޯ އުވާލުމެއް ނޫނެވެ.