Roadha Mihaaru
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ ބޯޓެއް ދައުލަތަށް ނަގައި، ޖޫރިމަނާ ދައްކަން އަންގައިފި

18 އޮކްޓޯބަރ 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނެގުމަށާއި އަދި އެ އުޅަނދުގެ ވެރިފަރާތުގެ މައްޗަށް ކޮށްފައިވާ 400،00ރ. ގެ ޖޫރިމަނާ ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސްރީ ލަންކާގެ އުޅަނދެއް ކަމަށްވާ "ޕުޝްޕާ ކުމަރަ" އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ އެ އުޅަނދުގެ ވެރިފަރާތް ކަމަށްވާ ތަމަންތާ ރުކުމަލް ޕެރޭރާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 400،000ރ. ހޯދަން ފިޝަރީޒް މިނިސްޓްރީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ތަމަންތާގެ ޣައިރު ހާޒިރުގައި އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކޮށްފައިވާ ހުކުމުގައިވަނީ އޭނާގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަށާއި އެހެންވެ، އެ ފައިސާ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ދައްކަން އަންގާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަން ކުރި އުޅަނދު ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްގެން ބޭރުގެ އުޅަނދުތައް ވަރަށް ގިނައިން ހިފަހައްޓައި، ޖޫރިމަނާ ކޮށްފައިވެ އެވެ.