Roadha Mihaaru
ކަޅުބިލަ މަސްގަތުމުގެ ހުއްދަ އިތުރު ކުންފުނިތަކަށް ދެނީ

ކަޅުބިލަ މަސްގަތުމުގެ ހުއްދަ އިތުރު ކުންފުނިތަކަށް ދެނީ

10 އޯގަސްޓް 2020

ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ދޭން ނިންމައި، އެކަން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ދޭން ނިންމައި، އެކަން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ފުރުސަތަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ރާއްޖޭގައި ބާނާ މަހުން އިތުރު ފައިދާ ލިބޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ. މި ފުރުސަތަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެ މިނިސްޓްރީން ބަލައިގަންނާނެ ކަމަށް ވެސް ޓޫރިޒަމް މިިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކަޅުބިލަ މަސް ގަނެ ޕްރޮސެސް ކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ހާއްސަ ސިޔާސަތެއް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ. މި ސިޔާސަތުގެ ދަށުން އެ މިނިސްޓްރީން ހުއްދަ ނަގަންޖެހޭނީ ދުވާލަކު 20 ޓަނަށްވުރެ ގިނައިން މަސް ގަންނަ ފަރާތްތަކުންނެވެ. ނަމަވެސް ދުވާލަކު 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަނެ ޕްރޮސެސްކުރާ، ގޭދޮށު މަސް ފެކްޓްރީތަކާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީގެ ހުއްދަ އާއި ލައިސަންސް ނަގަން ޖެހޭނެ އެވެ.

މި ސިޔާސަތުގެ ދަށުން މަސް ގަތުމުގެ ހުއްދައަށް އެދުމުން، ހުއްދަ ލިބޭނީ މަހުގެ އަގު އެއްކޮށް (ވެލިއު އެޑްކޮށް) އެކްސްޕޯޓު ކުރުމަށް ބޭނުންވާ ކުންފުނިތަކަށެވެ. މި ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ލިބޭތާ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި "ޝޯ ބޭސްޑް" އިންވެސްޓްމަންޓެއް ގާއިމް ކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން މި ހުއްދަ ދޭ ކޮންމެ ކުންފުންޏަކަށް ވެސް މަސް ކިރުމަށް "ކަލެކްޓާ ބޯޓު" ބޭނުން ކުރެވޭނެ އެވެ. މި ބޯޓުތަކަކީ މަސް ގަތުމުގެ ހުއްދަ ލިބިފައިވާ ކުންފުނީގެ ނަމުގައިި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވާން ޖެހޭނެ އެވެ. މި އުޅަނދުތަކަށް މަސް ގަނެވޭނީ ދިވެހި މަސް ދޯނިތަކުން އެކަންޏެވެ.

މިހާރު ވެސް ބައެއް ކުންފުނިތަކުން އަންނަނީ މަސް ގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރަމުންނެވެ. މީގެ ތެރޭގައި މިފްކޯ އާއި އެންސިސް އާއި ހޮރައިޒަން ފިޝަރީޒް ފަދަ ކުންފުނިތައް ހިމެނެ އެވެ.