13 އޮކްޓޯބަރ 2024
ރާއްޖެ އަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީން ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ފުރުސަތު ނުދޭ ސަބަބު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ރާއްޖެ އަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީން ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ފުރުސަތު ނުދޭ ސަބަބު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ރާއްޖޭގައި ދުއްވާ ޑޯނިއާ އޮޕަރޭޓް ކުރަމުން އައީ އިންޑިއާ ސިފައިންނެވެ. މިހާރު ވެސް އެ އުޅަނދުތައް ދުއްވަނީ އެ ގައުމުން ފޮނުވާ ސިވިލް މީހުންނެވެ.
ނަމަވެސް ޑޯނިއާ ދުއްވަން 2021 ވަނަ އަހަރު އެމްއެންޑީއެފްގެ ދެ އޮފިސަރަކު ތަމްރީނު ކުރި އެވެ. އެއީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ.
އޭގެ އިތުރުން ފަސް ޕައިލެޓެއް އަސްކަރީ އުޅަނދުތައް ދުއްވަން ތަމްރީނުކޮށް ހަތަރު ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" ގެ ނޫސްވެރިޔާ ނާޒިމް ހަސަން ވަނީ އެ އޮފިސަރުން އެއްވެސް ވަރަކަށް އަސްކަރީ މަތިންދާބޯޓުތައް ދުއްވިތޯ ސާފުކުރަން ޑިފެންސަށް ހުށަހަޅައިފަ އެވެ. ތަމްރީން ކޮށްފައިވާ ދިވެހި ޕައިލެޓުންތަކެއް ތިއްބާ، އެ ޕައިލެޓުން ބައިވެރިވުމެއް ނެތީ ކީއްވެެގެންތޯ އާއި އެ މީހުން ސިފައިންގެ ވަޒީފާ އިން ވަކިވެފައިވާ ނަމަ ވަކިވީ ކޮން އިރަކުތޯ ވެސް ސުވާލުކުރި އެވެ.
އެ މައްސަލާގައި ޑިފެންސް މިނިސްޓްރީން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާއާ ހަވާލާދީ އެ މައުލޫމާތު ހާމަނުކުރަން ނިންމައިފަ އެވެ. އެ މާއްދާގައި ބުނާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތު ސިއްރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ނަމަވެސް އެ މައުލޫމާތު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނިގެން ނުވާ ނަމަ އެ މާއްދާ ނުހިނގާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ހަތަރު އަޑު އެހުން ބޭއްވުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު 9 ގައި ނިންމީ އެ މައުލޫމާތު ފަސް ދުވަސް ތެރޭގައި ހާމަކުރަން ޑިފެންސް މިނިސްޓްރީ އަށް އެންގުމަށެވެ.
ޑިފެންސް މިނިސްޓްރީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިފައިންގެ އާ ޗީފަކަށް ހިލްމީ، ވައިސް އަކަށް ގިޔާސް
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާކުރަނީ
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ
ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި