04 މާޗް 2017
ދުނިޔެއާ 40 އަލި އަހަރު ދުރުގައި، ތަރިއެއް ވަށައި އެނބުރޭ 7 ޕްލެނެޓެއް ފަލަކީ އިލްމުވެރިންނަށް ފެނި އެކަން މި ވަނީ ހާއްސަ ކަމަކަށް ވެފަ އެވެ. ނާސާ ބުނާ ގޮތުގައި އެއީ ދުނިޔެ ކަހަލަ އަދި ސައިޒު ވެސް ދުނިޔެއާ ދާދި އެއްވަރު 7 ޕްލެނެޓެވެ.
ދުނިޔެއާ 40 އަލި އަހަރު ދުރުގައި، ތަރިއެއް ވަށައި އެނބުރޭ 7 ޕްލެނެޓެއް ފަލަކީ އިލްމުވެރިންނަށް ފެނި އެކަން މި ވަނީ ހާއްސަ ކަމަކަށް ވެފަ އެވެ. ނާސާ ބުނާ ގޮތުގައި އެއީ ދުނިޔެ ކަހަލަ އަދި ސައިޒު ވެސް ދުނިޔެއާ ދާދި އެއްވަރު 7 ޕްލެނެޓެވެ.
ފަލަކީ އިލްމުވެރިން ހޯދި ސޯލާ ސިސްޓަމްގައި، ޕްލަނެޓްތައް އެ ވަށައި އެނބުރޭ ތަރި އަށް ކިޔަނީ "ޓްރެޕިސްޓް-1" އެވެ. ދުނިޔެއާ ޓެރެޕިސްޓް-7އާ ދެމެދުގައި ހުރި ދުރުމިނަކީ 40 އަލި އަހަރެވެ. އަލި އަހަރަކީ، އަހަރު ދުވަހުގެ ތެރޭ އަލި ދަތުރުކުރާ ދުރުމިނެވެ.
ދުނިޔެއިން ފުރައިގެންދާ އުޅަނދެއް، އަލި ދަތުރުކުރާ ދުވެލީގައި ދާ ނަމަ، ޓްރެޕިސްޓް-1 އަށް ދިއުމަށް 40 އަހަރު ނަގާނެ އެވެ. އެއީ އަދިއަލި ދަތުރުކުރާ ދުވެލީގައި އެ އުޅަނދަކަށް ހުއްޓުމެއް ނެތި ދަތުރުކުރެވޭ ނަމަ އެވެ.
އިންސާނުން އުފެއްދި އުޅަނދެއް، އެންމެ ބާރަށް ދަތުރުކުރާ ކަމަށް މިހާތަނަށް ރެކޯޑްކުރެވިފައި ވަނީ ޖުޕިޓާ ވަށައި އެނބުރެއް ނާސާއިން ފޮނުވާފައިވާ އުޅަނދު ޖޫނޯ އެވެ. ޖޫނޯ ދަތުރުކުރަނީ ގަޑިއަކު 87 ހާސް މޭލު ބާރުމިނުގަ އެވެ. ޖޫނޯ ދަތުރުކުރަމުން ދަނީ އަލި ދަތުރުކުރާ ދުވެލީގެ 0.012 ޕަސެންޓްގަ އެވެ. މާނަ އަކީ ޖޫނޯގައި ދުނިޔެއިން ފުރައިގެން ޓްރެޕިސްޓް-1 ދިއުމަށް 308،312.255 އަހަރު ނަގާނެ ކަމެވެ. އެހެންކަމުން ޓެކްނޮލޮޖީ މިހާރު ހުރި ފެންވަރުން 40 އަލި އަހަރު ތެރޭގައި ވެސް އެހާ ހިސާބަށް ދެވޭކަށް ނެތެވެ.
އިންސާނުން ދުނިޔެވީ ބޭނުންތަކަށް ދަނީ ފަސޭހަތައް އީޖާދުކުރަމުންނެވެ. އެހެންކަމުން ދަތުރުފަތުރުކުރުމަށް ދެން އަންނާނެ ފަސޭހައެއް އަންދާޒާކުރެވުނު ނަމަވެސް އަލަމީ ސިފަޖެހޭނެ ދުވަހެއް ވެސް ނޭނގެ އެވެ.
ޓްރެޕިސްޓް-1އާ ހިސާބަށް ދަތުރުކުރުމަކީ 40 އަލި އަހަރުން ވެސް ނުވާނެ ކަމެެއް ކަމަށް ބުނެވޭކަށް ނެތެވެ. އުދުހޭ މެޝިނެއް އުފައްދަން އެއް މިލިއަން އަހަރު ނަގާނެ ކަމަށް، 1903 ވަނަ އަހަރު ނިއުޔޯކް ޓައިމްސްގެ އެޑިޓޯރިއަލްގައި ޖެހި އެވެ. އޭގެ 9 ހަފުތާ ފަހުން ރައިޓް ބްރަދާސް، މަތިންދާބޯޓް އުފެއްދި އެވެ.
ޖުޕިޓަރާއި ސެޓާންގެ އާދަޔާ ހިލާފު ބައްދަލުވުން
5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި
މަތިން ދިޔަ ބޮޑު އަލިގަނޑެއް ފެނުނުތަ؟
ގިނިހިލާގައި ނާސާގެ އުޅަނދު "ޖެހިގެންފި"
އޭލިއަނުން އިންސާނުންނަށް ފާރަލަނީ؟
ޕްލެނެޓަކަށް ކިޔާނެ ނަމެއް ހޮވަން ވޯޓު ނަގަނީ
ޕްލޫޓޯ އަކީ މާސިންގާ ކޮމެޓަކަށް ވެދާނެ
އިރަށް ކުރާ ފުރަތަމަ ދަތުރު
އާދަޔާ ޚިލާފަށް ދުވެލި ބާރު ތަރިއެއް ހޯދިއްޖެ
ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން