22 އޮކްޓޯބަރ 2020
ނާސާގެ ޖައްވީ އުޅަނދު އޮސިރިސް-ރެކްސް އިން ދުނިޔެއާ 200 މިލިއަން މޭލު ދުރުން ދަތުރުކުރަމުން ދިޔަ ގިނިހިލައެއްގެ ފަސްގަނޑުގައި ޖެހިގަނެ، ސަލާމަތުން އުދުހިގެންފި އެވެ.
ނާސާގެ ޖައްވީ އުޅަނދު އޮސިރިސް-ރެކްސް އިން ދުނިޔެއާ 200 މިލިއަން މޭލު ދުރުން ދަތުރުކުރަމުން ދިޔަ ގިނިހިލައެއްގެ ފަސްގަނޑުގައި ޖެހިގަނެ، ސަލާމަތުން އުދުހިގެންފި އެވެ.
އެކަމަކު މިހާރު އޮތް ބޮޑު ސުވާލަކީ، ވަށަމިނުގައި 262 މީޓަރު ހުރި އަދި ބެންނޫގެ ނަމުން ނަން ދީފައިވާ އެ ގިނިހިލައިން އެއްވެސް އެއްޗެއް، އުޅަނދަށް އަތުޖެހުނުތޯ އެވެ. އަތު ޖެހުނު ނަމަ، އެއީ ކިހާ މިންވަރެއްތޯ އެވެ.
މި އުޅަނދުގެ ބޭނުމަކީ ގިނިހިލައިގެ ބިމުން ސާމްޕަލް ނަގައިގެން އެނބުރި ދުނިޔެއަށް ގެނައުމެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އަހަރެމެންގެ ތަރި، އިރުގެ ނިޒާމުގައި ހިމެނޭ ޕްލެނެޓްތައް އުފެދިގެން އައި ދުވަސްވަރުގެ ގިނަ ސިއްރުތަކެއް، ގިނިހިލަތަކުގައި ފޮރުވިފައި ހުންނާނެ އެވެ.
ނާސާއިން އިއްޔެ އާންމުކުރި ވީޑިއޯ އިން ފެންނަނީ އޮސިރިސް-ރެކްސް، އެ ގިނިހިލައިގެ ފަސްގަނޑުގައި ޖެހިގަންނަ ތަނެވެ. އެ ތިރިކުރީ ކުރިން ވެސް ނިންމާފައި އޮތް، އަށް އިންޗީގެ ފުޅާ ހިލަގަނޑެއްގެ މައްޗަށެވެ.
މިޝަންގެ އިސް ސައިންވެރިން ބުނާ ގޮތުގައި ސާމްޕަލް ނަގަން ހާއްސަ ކުރި ބައި ޖެހުމާ އެކު، ހިލަގަނޑު ފުނޑުވި އެވެ. އެއީ ރަނގަޅު ނިޝާނެއް ކަމަށް، އެމީހުން ދެކެ އެވެ.
"ކަލޭމެންނަށް ފެންނާނެ މުޅި ހިސާބަށް އޭގެ ބައިތައް ބުރައިގެން ދިޔަ ތަން،" މިޝަންގެ އިސް އެއް ސައިންސްވެރިޔާ ޑެންޓޭ ލޯރެޓާ ވިދާޅުވި އެވެ.
"އެ ގިނިހިލައިގެ ފަސްގަނޑުގެ ތަރުތީބު އެވަނީ ގެއްލިފައި މިހާރު. އެކަމަކު އެއީ ރަނގަޅަށް ކުރެވުނު ކަމެއް."
އޭނާ ވިދާޅުވި ގޮތުގައި އުޅަނދަށް އަތުލައިގަނެވުނު ސާމްޕަލް، ހީކުރި ވަރަށް ވުރެ ބޮޑުވުން ވެސް އެކަށީގެންވެ އެވެ. އެކަމަކު އަތުލެވުނީ ކިހާ ވަރެއްގެ ބައިތަކެއްކަން ކަށަވަރުވާން އަދި ދެތިން ދުވަސް ނަގާނެ އެވެ.
ލޯރެޓާ ވިދާޅުވި ގޮތުގައި ނެގުނު ސާމްޕަލްތަކުގެ ބަރުދަން 80 ގްރާމަށް އަރަންޏާ އެއީ އެކަށީގެންވާ ވަރެކެވެ. އުޅަނދުގައި ހަރުކޮށްފައި ހުރި ސާމާނުތަކުން އޭގެ ބަރުދަން ހިސާބުކޮށް، އަންނަ ހޯމަދުވަހު އެނގޭ ވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެވަރުގެ ބަރުދަން ހުރި ބައިތަކެއް އެއަށް ނެގިފައި ނުވާ ނަމަ، ދެ ވަނަ ތިރިކުރުމަކަށް ވެސް، ނާސާ ވަނީ ތައްޔާރުވެފަ އެވެ. ނުވަތަ ތިން ވަނަ ތިރިކުރުމަކަށް ވެސް، އުޅަނދު ތަންދެ އެވެ. އެކަމަކު ދެ ވަނަ ޖެހިގަތުން ކުރިއަށް ދާނީ ޖެނުއަރީ މަހު އެވެ.
ގިނިހިލައެއް ކަަމަށްވާ ބެންނޫ: ނާސާގެ އުޅަނދަކުން ވަނީ، އޮކްޓޯބަރު 20، 2020 ގައި، މި ގިނިހިލައިން ސާމްޕަލް ނަގާފައި
މީގެ ހަތަރު އަހަރު ކުރިން އުދުއްސާލި 800 މިލިއަން ޑޮލަރުގެ އޮސިރިސް-ރެކްސް މިޝަންގެ ނިމުމަކަށް ވާނީ އެ ގިނިހިލައިން ސާމްޕަލްތައް އަތުލައިގަތުމެވެ. އޮސިރިސް-ރެކްސް އިން މިދިއަ ދެ އަހަރު ދުވަސް ހޭދަކުރީ ގިނިހިލައިގެ ދިރާސާތައް ކުރުމުގަ އެވެ. އެގޮތުން އޭގެ ބިމުގެ ވަރަށް ތަފުސީލީ ފޮޓޯތައް ނަގައި، ދެތިން އިންޗި ހުންނަވަރުގެ ކުދިކުދި ހިލަކޮޅުތަކުގެ ތަފުސީލު ވެސް ރެކޯޑްކުރި އެވެ. ނާސާއިން ބުނާ ގޮތުގައި ގިނިހިލައިން ޖައްވަށް ބުރައިގެންދާ ކުދިކުދި ބައިތައް ވެސް، އުޅަނދަށް ފެނިފައިވެ އެވެ.
ސާމްޕަލް ނަގަން ކަނޑައެޅި ތަންކޮޅަކީ، ސައިންސްވެރިން އެންމެ ބޭނުން މައުލޫމާތު ރައްކާކުރެވިފައި ހުރެދާނެ ހިސާބެކެވެ.
ސައިންސްވެރިން އުއްމީދުކުރަނީ ބެންނޫން ނެގުނު ސާމްޕަލްތަކުން، މީގެ 4.5 ބިލިއަން އަހަރު ކުރިން ދުނިޔެ އާއި ސޯލާ ސިސްޓަމްގެ އެހެން ޕްލެނެޓްތައް އުފެދުނު ގޮތުގެ މައުލޫމާތު ލިބިދާނެ ކަމަށެވެ.
ބެންނޫ ދޫކޮށް އޮސިރިސް-ރެކްސް އިން ދުނިޔެއަށް މިސްރާބު ޖަހާނީ އަންނަ އަހަރު އެވެ. ދުނިޔެއާ ހަމައަށް އައިސް، އޭގައި ރައްކާކޮށްފައި ހުރި ސާމްޕަލް، ވައިކުޑައެއްގެ އެހީގައި، އެެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޔޫޓާއަށް ތިރިކުރުވާނެ ކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު 24، 2023 ގަ އެވެ.
އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!
ނާސާގެ އެސްޓްރޮނޯޓާކާއި ރަޝިއާގެ ސްޕޭސް ޗީފް ތޮޅެނީ
ވީނަސްގައި ދިރުން! ވިލާތަކުގެ ތެރެއިން ނިޝާނެއް!
ހަބުލްގެ އުމުރުން 30 އަހަރު، މި ހިތްގައިމު ފޮޓޯއިން
އޭލިއަނުން އިންސާނުންނަށް ފާރަލަނީ؟
އާދަޔާ ޚިލާފަށް ދުވެލި ބާރު ތަރިއެއް ހޯދިއްޖެ
ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން
ގިނިހިލައަކުން ޖެހިދާނެ ކަމަށް ބިރުގަންނަނީ ކީއްވެ؟
ނާސާ އިން މިރޭ އިއުލާން ކުރަން އުޅެނީ ކޮން ކަމެއްބާ؟
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ