ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން ކައުންޓްޑައުނެއް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީން ފަށައިފި އެވެ.
10 އޮކްޓޯބަރ 2024
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން ކައުންޓްޑައުނެއް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީން ފަށައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ރަބިއުލްއައްވަލް މަހުގެ ދެވަނަ ދުވަހު އެވެ. މިދިޔަ ހޮނިހިރު ދުވަހަކީ ރާއްޖެ އިސްލާމްވިތާ 898 އަހަރު ފުރުނު ދުވަހެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކައުންޓްޑައުނެއް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެއް ކަމަށެވެ.
ރާއްޖެ އިސްލާމް ވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޭރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނު އިސްލާމްދީން ގަބޫލު ކުރައްވައި، ރާއްޖޭގެ ރައްޔިތުން އެ ދީނަށް ވަނުމަށް އަމުރު ކުރެއްވި ދުވަހެވެ. ރާއްޖެ އިސްލާމްވީ ހިޖުރީ ގޮތުން 548 ވަނަ އަހަރު އެވެ.
ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ މީލާދީން 1954 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލް އެވެ. އޭގެފަހުން 1968 ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރުން ހުއްޓާލާފައި ވަނިކޮށް އެ ދުވަސް އަލުން ފާހަގަކުރަން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ.
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި
ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔަން އަންގައިފި
އަރަބި އަދި ދިވެހި ބޮޑުއަކުރު ލިޔުމުގެ މުބާރާތެއް
ދިވެހި ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ
ގުރުއާން ކްލާސްރޫމު ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް
ޚަތީބުންގެ ކޯހުގައި 50 ކައުންސިލަރުންނަށް ފުރުސަތު
ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ
ފަރީދުގެ ހަނދާނުގައި މިސްކިތް އަޅަން ފައިސާ ހަމަވެއްޖެ