02 މާޗް 2018
ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކުގައި މާތް ﷲ ގެ އިސްމުފުޅު ތާނަ އިން ލިޔާތީ އެކަން ނުކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އަންގައިފި އެވެ.
ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކުގައި މާތް ﷲ ގެ އިސްމުފުޅު ތާނަ އިން ލިޔާތީ އެކަން ނުކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ ﷲ ގެ އިސްމުފުޅު ތާނައިން ލިޔުމަކީ ޒަމާންސުރެ ދީނީ އިލްމުވެރިންނާއި ސަރުކާރުތަކުން މަނާ ކޮށްފައިވާ ކަމެއް ކަމަށެވެ.
"ﷲގެ އިސްމުފުޅު ލިޔަން ވާނީ ﷲ މި ގޮތަށް އަރަބި އަކުރުންނެވެ." ބަޔާނުގައި ވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ﷲ ގެ އިސްމުފުޅު ލިޔަންވަނީ ﷲ މިގޮތަށް ނުވަތަ އަރަބި އަކުރުންނެވެ. އަދި ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ ނައްސުތައް ވެސް ލިޔަން ވާނީ ވާރިދު ވެފައިވާ ގޮތަށް އަރަބި އަކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީހުންނަށް ކިޔާ ނަންނަމުގެ ތެރެއިން ﷲ ގެ އިސްމުފުޅު ހިމެނޭ ނަންތައް ކުރުކޮށްލުމަށް އެއްވެސް މާނައެއް ދޭހަނުވާ ގޮތަށް ކިޔަމުންދާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއީ ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
"ވީމާާ މި ކަންކަމަކީ އިސްލާމްދީނަށް އިހުތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ، އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އިތުރަށް މި ބަޔާން ކުރި ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ،" ބަޔާނުގައިވެ އެވެ.
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ދެ އަހަރު ފަހުން ފަތުވާ މަޖިލިސް އެކުލަވާލައިފި
މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި
ޔޯގާއަކީ ކުފުރެއް، އެކަން ހުއްޓުވައިދޭން އަދާލަތުން އެދިއްޖެ
ވ. ތިނަަދޫގައި މިސްކިތް އަޅަން ބަޔަކު ޝައުގުވެރިވެއްޖެ
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދި މައްސަލައެއް
ބޭނުންވަނީ ދީނަށްޓަކައި ގުރުބާންވާން ކެރޭ މުސްލިމުން