ކުރިއަށް އޮތް ރޯދަމަހު، އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ހަތަރު ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
16 ފެބުރުއަރީ 2025
ކުރިއަށް އޮތް ރޯދަމަހު، އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ހަތަރު ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރޭ ވިދާޅުވިގޮތުގައި، އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ އެ މަރުކަޒުގެ އިމާމު ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު އުވައިސް ބިން އިނާޒާއި ޚިޟްރު ބިން އިމާދުގެ އިތުރުން ހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ.
އޭގެ ތެރެއިން ސުލްތާން މުހައްމަދު ލަތީފު، ތަރާވިސް ނަމާދު އިމާމުވެ ކުރައްވަން ގުޅޭނީ ރޯދަމަހުގެ ފަހު 10 ގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފަހު 10 ގައި ދަމު ނަމާދު އިމާމުވެ، ކުރައްވާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ. އެއީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެ ބޭފުޅުންނެވެ.
ތަރާވީސް ނަމާދު އިމާމުވެ ކުރަން ހަތަރު ޒުވާނުންނަށް ފުރުސަތު ދިން އިރު، ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަހިސިއްޔަތުން އުފެއްދުން ކަމަށެވެ.
އިތުރު ދަރުމަ އާއި ސަވާބު ހޯދުމަށް ދަމުނަމާދުކުރަންޖެހޭ
މުދަލުގެ ޒަކާތް ނުދައްކައިފި ނަމަ އޮތީ ގަދަފަދަ އަޒާބު
ރޯދަމަހު މިސްކިތްތަކަށް ދިޔަ އެންމެން ކޮބާ؟
އިސްތިހާޟާގެ ލޭ ހުންނައިރު ނަމާދާއި ރޯދަ ވެސް ހިފޭނެ
މާދަމާއަކީ ފިތުރު އީދު ދުވަސް
އީދު ނަމާދަށް ވަޑައިގަތުމުގައި ރަސޫލާ އަމަލުކުރެއްވިގޮތް
ލިބުނު ޣަނީމާގެ އިހްސާސަކީ ކޮބާ؟
ﷲ ގެ މީޒާނުގައި އެންމެ ލުއި ކަލިމަތައް
ތަގުވާ އާއި ތަޒުކިޔާ ހާސިލުވިތޯ ކަށަވަރު ކުރުން
ޖަމާއަތުގައި ރޯދަވީއްލުމުގެ ފައިދާ ވަރަށް ބޮޑު