03 އޮކްޓޯބަރ 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން، އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދު އިލްތިމާސްކުރައްވައިފި އެވެ.
ބޭރަށް ކިޔަވަންދާ ދަރިވަރުން، އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދު އިލްތިމާސްކުރައްވައިފި އެވެ.
ތައުލީމަށް ފުރާ ދަރިވަރުން އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް އޭނާ އެދިވަޑައިގަތީ ތުރުކީން ދިވެހި ދަރިވަރުންނަށް ލިބިފައިވާ ސްކޮލާޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރަން ހަމަޖެހިފައިވާ ދަރިވަރުންނާ ބައްދަލުކުރައްވަމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ހާލާ ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ތިބޭ ދަރިވަރުންނަށް ދިމާވާ ކަންކަމުގައި އެމްބަސީއަށް އެހީތެރިކަން ފޯރުކޮށްދީ، މުއާމަލާތު ކުރަން ފަސޭހަވާނީ އެތަންތަނުގައި ރަޖިސްޓްރީ ވުމުން ކަމަށެވެ. އެހެންވެ ބޭރުގައި ތިބި ހުރިހާ ދަރިވަރުން ވެސް އެމްބަސީތަކުގައި ރަޖިސްޓްރީވާން އޭނާ އެދިވަޑައިގަތެވެ.
ބޭރުގެ އެކި ގައުމުތަކުގައި ހިނގާފައިވާ ކާރިސާތަކާ ގުޅިގެން އެތަންތަނުގައި އުޅޭ ދަރިވަރުންނަށް މީގެކުރިން ވެސް އެހީތެރިކަން ފޯރުކޮށްދެނީ އެމްބަސީ މެދުވެރިކޮށެވެ. ރަޖިސްޓްރީ ނުވެ އުޅޭ ދަރިވަރުންނަށް އެފަދަ ހާލަތްތަކުގައި އެހީތެރިކަން ދޭން ދަތިވެ އެވެ.
އެ ބައްދަލުވުމުގައި ހާލާ ވަނީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުން އެ ގައުމެއްގެ އާދަކާދަ އާއި ސަގާފަތަށް އަހުލުވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ވާހަކަ ދައްކަވައިފަ އެވެ. ތުރުކީން ލިބުނު ސްކޮލާޝިލްގެ ފުރުސަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބުކަން ކަމަށް ވެސް ވިދާޅުވި އެވެ.
ތުރުކީން ވަނީ ބެޗްލާސް ޑިގްރީ އާއި މާސްޓާސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުސަތުތައް ދީފަ އެެވެ. މިހާތަނަށް 14 ދަރިވަރަކު ހޮވިފައިވާ މި ފުރުސަތަށް 11 ދަރިވަރަކު ވަނީ ތުރުކީއަށް ފުރައިފަ އެވެ.
ޖަޕާނުން ރާއްޖެ އަށް 15 މިލިއަން ރުފިޔާ ދީފި
ޔޫކްރެއިންގައި ތާށިވި ދަރިވަރުން ހަންގޭރީއަށް ގެންގޮސްފި
ރަޝިއާ އާއި ބެލަރޫސްގައި ތިބި ދަރިވަރުން ގެންނަން އެހީ
ދަރިވަރުންނަށް އޮތީ ނުރައްކާ 15 ގަޑިއިރުގެ ދަތުރެއް
ބޮމުގެ އަޑާ އެކު ސަލާމަތްވުމުގެ އުއްމީދު ގެއްލުނު
ޔޫކްރެއިންގައި ތިބި 15 ދަރިވަރަކު ހަންގޭރީއަށް
ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަން: ސަރުކާރު
ވޫހާންގައި ތިބި ދިވެހިން އެތަނުން ނެރެވޭތޯ ބަލަނީ
ވޫހާންގައި ތިބީ ހަ ދިވެހިން، ހާލު ރަނގަޅު
"ރާއްޖެއަކީ ހައްގުތައް ހިމާޔަތްކުރުމުގެ މިސާލެއް"